އައިސްކްރީމްގެ ދުނިޔޭގައި ކާމިޔާބް އަދި ނަން މަޝްހޫރު މޫވްއެންޕިކްގެ ރެސްޓޯރެންޓެއް ކްރޮސްރޯޑްސް ގައި ރޭ ހުޅުވައިފި އެވެ. މެރީނާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މި ރެސްޓޯރެންޓު ހުޅުއްވައި ދެއްވީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.

ޑރ ޖަމީލް ވިދާޅުވިގޮތުގައި މޫވެއެންޕިކް ފަދަ ބައިނަލްއަގުވާމީ ވިޔަފާރިތަކުގެ ސަބަބުން ދިވެހި ޒުވާނުން ވިޔަފާރީގެ މާހައުލަށް ނުކުންނަ މިންވަރު އިތުރުވެފައިވާ ކަމަށާއި މިފަދަ ވިޔަފާރިތަކުގެ ސަބަބުން ބޭރު ގައުމުތަކުގައި ރާއްޖެ އިތުރަށް މަގުބޫލު ވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އަދި ރާއްޖެ އަކީ ކޮންމެ ގޮތަކަށް ބެލިނަމަވެސް ބްރޭންޑެއްކަމަށާއި،  ހާއްސަކޮށް ސާވިސް އިންޑަސްޓްރީގައި ހިދުމަތް ފޯރުކޮށްދިނުމުގައި ރާއްޖެ މި އަންނަނީ ވަރަށް ބޮޑަށް ކުރިއަރަމުން ކަމަށާއި،  އެ ގޮތަށް ބެލި ނަމަވެސް މި ތާނގައި އައުޓެލެޓެއް ހުޅުވުމަކީ މޫވެއެންޕިކަށް ވެސް، ވިޔަފާރިވެރިންނަށް ވެސް ލިބޭ ކުރިއެރުމެއްކަމުގައި ޖަމީލު ވިދާޅުވިއެވެ.

މޫވްއެންންޕިކްގެ ފައިން ފުޑްސް ބްރޭންޑް އެމްބޭސެޑަރު އެމްވީއެމް ރާއޯ ވިދާޅުވި ގޮތުގައި އެކުންފުނިން ވިއްކާ ހުރިހާ އައިސް ކްރީމެއްގައި ވެސް ހާއްސަ ވާހަކަތަކެއް ވަނީ ފޮރުވިފަ އެވެ. މޫވެންޕިކް އައިސް ކްރީމްގެ 32 އަށް ވުރެ ގިނަ ފްލޭވާ ހުންނައިރު، ރާއްޖެ އިން ލިބެނީ 24 ފްލޭވާ އެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި މޫވެންޕިކްގެ އިތުރު އައުޓްލެޓްތައް ހުޅުވުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކުރިމަގުގައި ހުޅުމާލެ އާއި މާލޭގެ އިތުރު ސަރަހައްދުތަކުން ވެސް މި އައިސްކްރީމް ލިބެން ހުންނާނެ ކަމަށެވެ. އަދި ރިސޯޓުތަކުގައި ވަކިން މި އައިސްކްރީމް ވިއްކަން ބޭނުންވާ ނަމަ އެ ފުރުސަތު ވެސް ހުޅުވައިލާފައިވާ ކަމަށް ރާއޯ ވިދާޅުވި އެވެ.

މޫވެންޕިކް އައިސްކްރީމް ރާއްޖެ އަށް އެތެރެކޮށް، މާކެޓް ކުރަނީ ވީއެޗް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުންނެވެ. މި ކުންފުނިން ރާއްޖޭގައި މި އައިސްކްރީމްގެ އުފެއްދުންތައް ވިއްކާތާ މިހާރު 18 އަހަރު ވެދާނެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *