ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންއަންނަ ކޮރޯނާވައިރަސް ( ކޮވިޑް-19) ޖެހުނު އެންމެން ބަލިފަސޭހަވެ ރަނގަޅުވެއްޖެކަމަށް އެގައުމުން ބުނެފިއެވެ.

ވިއެޓްނާމްއިން ކޮރޯނާވައިރަސް ޖެހިފައިވާކަން ކަށަވަރުކުރެވިފައިވަނި އުމުރން 72 އަހަރުގެ މީހަކު ހިމެނޭގޮތަށް ޖުމްލަ 16 މީހެކެވެ.

ވިއެޓްނާމްގެ ހެލްތު މިނިސްޓްރީން ބުނެފައިވާގޮތުގައި ކޮވިޑްއާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ފުރަތަމަ މަރުހަލާ ވަރަށް ކާމިޔާބު ކަމަށާއި، އެހެންނަމަވެސް ކޮންމެ ވަގުތަކުވެސް އަނެއްކާވެސް ބަލި ފެތުރިދާނެކަމުގެ ބިރިއެބައޮތްކަމަށެވެ.

ފާއިތުވި 15 ދުވަސް ތެރޭ ކޮވިޑް 19 ގެ އަސަރެއް އެއްވެސް މީހެއްގެ ގައިން ނުފެންނަކަމަށް ވިއެޓްނާމްއިން ބުނެފައިވާއިރު ، ޑަބްލިއުއެޗްއޯއިން ބުނެފައިވަނީ ކޮވިޑް 19 ވިއެޓްނާމްގައި އެހާ ކާމިޔާބުކަމާއެކު ކޮންޓްރޯލް ކުރެވުނީ އެގައުމުން އެޅި އަވަސް ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.