އިނގިރޭސި ޕްރިމިއާ ލީގުފަށައިގެން މި ސީޒަނުގައި މިހާތަނަށް އައިއިރު އެއްވެސް މެޗަކުން ބަލިނުވެ އޮތް ލިވަޕޫލް ރޭ ރަށުން ބޭރުގައި ކުޅުނު މެޗުގައި ވަޓްފޯޑް އަތުން 3-0 އިން ބަލިވެއްޖެއެވެ.

މިބަލިވުމާއި އެކު ލިވަރޕޫލްގެ މޮޅުހޯދުމުގެ ރެކޯޑަށް ވަނީ  ނިމުމެއް އައިސްފައެވެ. ލިަޕަރޕޫލް މިހާތަނަސް ލީގުގައި ކުޅުނު 18 މެޗުންވެސް ވަނީމޮޅުވެފައެވެ. ލީގުގައި މި ފަހަރު ފުރަތަމަ ފަހަރަށް ބަލިވި މެޗަކީ، އެންމެ ފަހުން ލީގުގައި ކުޅުނު 44 މެޗުގެ ތެރެއިން ވެސް ބަލިވި ފުރަތަމަ މެޗެވެ. ރޭގެ ނަތީޖާއާ އެކު، އާސެނަލުން 2004 ވަނަ އަހަރު މެޗަކުން ބަލިނުވެ ލީގު ހޯދި ރެކޯޑާ ހަމަކުރުމުގެ ފުރުސަތު މިވަނީ ލިވަޕޫލަށް މުގުރާލެވޭގޮތް ނުވެފަ އެވެ.

ލީގުގެ އެއް ވަނައިގައި ލިވަޕޫލް އޮތީ 22 ޕޮއިންޓުގެ ލީޑަކާ އެކު ގައެވެ. އެއީ 28 މެޗުން 79 ޕޮއިންޓާ އެކު، ބާކީ އޮތް 10 މެޗުން ލިވަޕޫލުން ލީގު ކަށަވަރުކުރަން ބޭނުންވަނީ ހަތަރު މޮޅެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީގެ އޮތީ 27 މެޗުން 57 ޕޮއިންޓުގައެވެ.

ވަޓްފޯޑްގެ ވިކަރޭޖް ރޯޑުގައި ރޭ ކުޅުވުނު މެޗުން ލިވަޕޫލްގެ ފަރާތުން ފެނިފައިވަނީ އެހާ މޮޅުނޫން އާދައިގެ ކުޅުމެކެވެ. މުޅި މެޗަށް ބަލާއިރު ވެސް ރަނގަޅު ކުޅުމެއް ދައްކައިފައިވަނީ ވަޓްފޯޑުންނެވެ. 

ވަޓްފޯޑުން ޖެހި ތިން ގޯލު ވެސްޖަހައިފައިވަނީ މެޗުގެ ދެވަނަ ހާފްގަ އެވެ. ތިން ގޯލުގައި ވެސް އެ ޓީމުގެ ސެނެގޯލް ފޯވާޑް އިސްމާއިލާ ސާގެ ދައުރު ބޮޑެވެ. މި ސީޒަން ފެށުމުގެ ކުރިން ވަޓްފޯޑުން ކްލަބް ރެކޯޑަކަށް ގަތް ސާ ވަނީ ރޭ ދެ ލަނޑު ޖެހުމުގެ އިތުރުން އެ ޓީމުގެ އަނެއް ގޯލު ޖަަހަން ޓްރޯއި ޑީނޭ އަށް ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މޮޅުވީ ރަނގަޅަށް އެކަމަށް ވިސްނައިގެން މަސައްކަތްކުރި ޓީމު ކަމަށާއި އެހެންވުމުން އެ މީހުންނަށް މަރުހަބާ ކިޔަންޖެހޭ ކަމަށެވެ.

ވަޓްފޯޑްގެ މިހާރުގެ ކޯޗު ނައިޖެލް ޕިއާސަން އަކީ މި ސީޒަނުގައި އެ ޓީމަށް އިރުޝާދުދޭ ތިން ވަނަ ކޯޗެވެ. ވަޓްފޯޑަށް ރޭގެ މެޗުން ލިބުނު މޮޅާ އެކު އެ ޓީމު ވަނީ ރެލިގޭޝަން ޒޯނުން ކުރިއަށް ޖެހިލައިފަ އެވެ. ވަޓްފޯޑް ލީގުގެ 17 ވަނައިގައި އޮތީ 28 މެޗުން 27 ޕޮއިންޓާ އެކު އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *