މިއީ ސޯޝަލް މީޑިއާގައި ދައުރު ވަމުންދާ ހައިރާން ވާފަދަ ވާހަކައެކެވެ. އެމެރިކާގެ ލިޔުންތެރިއެއްކަމަށްވާ ޑީން ކޫންޓްޒް 1981  ވަނައަހަރު ލިޔެފައިވާ " ދަ އައިސް އޮފް ޑާރކްނަސް" ނަމަކަށް ކިއާ ހިޔާލީ ވާޙަކައެއްގައި 2019-2020 ވަނަ އަހަރު ކޮރޯނާވައިރަސް ދުނިޔޭގައި ފެތުރޭނެކަމަށް ބުނެ ވައިރަސްއާ ގުޅުން ހުރި ލިޔުންތަކެއް ވަނީ ލިއެފައެވެ.

ސޯޝަލް މީޑިއާގައި ދައުރު ވަމުންދާ މިފޮތުގެ ފޮޓޯއަދި އެވަހާކަތައް ލިޔެވިފައިވާ ސޮފްހާގެ ފޮޓޯމިހާތަނަށް 39،000 ފަހަރު ހިއްސާ ކުރެވިފައިވެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ މިފޮތުގެ ސޮފްހާގައި ވައިރަސްގެވާހަކަ ހިމެނޭ ފޮޅުވަތްތައްވަނީ ފާހަގަ ކޮށްފައެވެ. މިފޮތުގައި ބަޔާންވެފައިވަނީ "ވުހާން-400" ނަމަކަށް ކިއާ ވައިރަސްއެއްގެ ވާހަކައެވެ. އެ ވައިރަސްއަކީ ޗައިނާގެ ވުހާން އަވަށުން ބޭރުގައިވާ އާރްޑީއެންއޭ ލެބެއްގައި އިންސާނުން ކާމިޔާބުކަމާ އެއްކޮށް ތައްޔާރުކުރާ 400 ވަނަ މައިކްރޯއޯގަނިޒަމްއެވެ.

ހަމަ މިފޮތުގެ އިތުރު ސޮފްހާއެއްގައި ބަޔާން ކޮށްފައިވަނީ 2020 ވަނަ އަހަރުގައި ނިއުމޯނިއާއާއި އެއްފަދަ ނުރައްކާތެރި ބަލިމަޑުކަމެއް ދުނިޔޭގައި ފެތުރޭނެ ކަމަށެވެ.

ކޫންޓްޒް ގެ ވާހަކައިގައި އޭނަ ސިފަކޮށްފައިވާގޮތުން "ވުުހާން-400" އަކީ ޗައިނާގެ އެންމެ ބާރުގަދަ އަދި އެންމެ ނުރައްކާތެރި ނިއުކްލިއަރ ހަތިޔާރުގެ ގޮތުގައެވެ.

މިފޮތުގައި ބަޔާން ކޮށްފައިވާ ވުހާން-400 ވައިރަސްއާއި މިހާރު ފެތުރެމުންއަންނަ ކޮވިޑް-19 ނުވަތަ ކޮރޯނާވަައިރަސްއާއި ގުޅުމެއް ވާކަމުގެ ހެއްކެއްނެތެވެ. ސަބަބަކީ މިހާރު ފެތުރެމުންއަންނަ ކްރޯނާވައިރަސްއަކީ ވުހާންގެ މަނާޒާތްޒާތުގެ ދިރޭތަކެތި ވިއްކާ މާރުކޭޓަކުން ފެތުރެން ފެށި ވައިރަސްއަކަށް ވެފައި، ސިއްހީ މާހިރުން ލަފާކޮށްފައިވާގޮތުން ކޮރޯނާވައިރަސް ފެތުރެެންފަށައިފައިވަނީ ވާލުން ކަމަށެވެ.

ރޮއިޓަރޒްއިން މިފޮތުގައި ވާ ވައިރަސް އާއި މިހާރު ފެތުރޭ ނުރައްކާތެރި ކޮރޯނާވައިރަސްއާއި ގުޅުންހުރީ ކިހާވަރަކަށްކަން ހޯދިއިރު އެނގިފައިވާގޮތުން ، "ވުހާން 400" އާއި "ކޮވިޑް-19" ވަރަށް ތަފާތެވެ.  ފޮތުގައި ވާގޮތުން ވައިރަސް އާލާވުމަށް ނަގަނީ އެންމެ 4 ގަޑިއިރެވެ.އަދި ކޮރޯނާވައިރަސް އާލާވުމަށް 1-14 ދުވަހުގެ މުއްދަތެއް ނަގައެވެ.

ކޫންޓްޒް ގެ ފޮތުގައި ވާގޮތުން ވުހާން-400 ޖެހިއްޖެނަމަ އިންސާނާ އެވައިރަސްއަށް ހުށައެޅޭތާ 24 ގަޑިއިރުތެރޭގައި މަރުވެއެވެ. ގިނަމީހުން 12 ގަޑިއިރުތެރޭގައި މަރުވާކަމަށް އޭނާވަނީ އެފޮތުގައި ލިޔެފައެވެ. މިއާއިތަފާތަށް ޑަބްލިއުއެޗްއޯއިން ބުނެފައިވާގޮތުގައި ކޮވިޑް-19 ޖެހޭމީހުން މަރުވެދާނެކަމަސް ލަފާކުރެވެނީ %2 އާއި %4 އާއި ދެމެދުގެ ރޭޓަކަށެވެ.

މިފޮތުގައި ވާގޮތުން ވުހާން-400 ޖެހޭ މީހުން ގައިގައި ނުރައްކާތެރި ޓޮކްސިން އެއް އުފެދި އެޓޮކްސިން ގެ ސަބަބުން އެވައިރަސް ޖެހޭ މީހާގެ ސިކުނޑިއެކީގައި ގިރުވާލައެވެ. އަދި ހަމައެކަނި ވިންދު ، މަސަައްކަތް ކުރާ އެތެރެހަށި ގުނަވަންތަކެއް އަދި ނޭވާލެވޭ މަސްގަނޑަކަށް އިންސާނާހަދާލައެވެ.އެހެންނަމަވެސް ކްރޯނާވައިރަސްގައި ތަފާތު އެތައް ނިޝާންތަކެއް ވެއެވެ. ހުންއައުމާ، ކެއްސުމާއި،ނޭވާ ކުރުވެ ނެވާލާން ދަތިވުމާއި އަދި މަދު ބަޔަކަށް ނިއުމޯނިއާ ޖެހުމުން ވާފަދަ ގޮތްތަކެއް ވުމާއި، ކިޑްނީ ފެއިލްވުމާއި މަރުވުމުން މެދުވެރިކުރުވައެވެ.

ފޮތުގައި ވާގޮތުގައި ވުހާން-400 އަކީ އެބޮލާ އަށްވުރެންވެސް ނުރައްކާތެރި ވައިރަސްއެކެވެ. ނަމަވެސް ކޮރޯނާވައިރަސްއަކީ ޑަބްލިއުއެޗްއޯއިން ބުނާގޮތުގައި އެބޯލާއަށްވުރެން ނުރައްކާތެރި ބައްޔެއް ނޫނެވެ.

ރޮއިޓަރޒްއިން މިފޮތް ލިއުނު ފަރާތާއި ގުޅުމަށް މަސައްކަތް ކުރިނަމަވެސް އަދި އެއް ފޮތްލިއުނުފަރާތުގެ ޖަވާބެއް ލިބިފަނުވާކަމުގައި ވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *