ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހަލުވިކަމާ އެކު މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް ( ކޮވިޑް-19) ޖެހިގެން އީރާނުން 210 މީހުން މަރުވެފައިވާކަމަށް އެގައުމުގެ ސިއްހީ އޮފިޝަލުން މައުލޫމާތު ދީފިއެވެ.

އިއްޔެގެ ވަގުތެއްގައި އީރާނުގެ ހެލްތު މިނިސްޓްރީން ކޮރޯނާވައިރަހުގައި މަރުވެފައި ވަނީ 34 މީހުން ކަމުގައި ބުނެފައިވީނަމަވެސް  އަލަށް ހާމަވެގެން އުޅޭ އަދަދަކީ މަރުވި މީހުންގެ ރަސްމީ އަދަދަށް ވުރެ ހަ ގުނަ މަތީ މިންވަރެކަމުގައިވެއެވެ.

އީރާނުގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާން ކިއާނޫޝް ޖަހަންޕޫރު ވިދާޅުވީ ކޮރޯނާވައިރަހާ ގުޅޭ ގޮތުން އެ ގައުމުން ހާމަކުރަނީ ތެދު މައުލޫމާތު ކަމަށާއި ދޮގު ހަދަނީ ބީބީސީން ކަމަށެވެ. ގުމް ސިޓީގެ ޕާލަމެންޓް މެންބަރަކު ވެސް ވަނީ ކޮރޯނާވައިރަހާ ގުޅޭ ގޮތުން އީރާނުން ހާމަކުރާ މައުލޫމާތު ސައްހަ ނޫން ކަމަށް ތުހުމަތުކޮށްފަ އެވެ. އީރާނުގެ އެއް ނައިބް ރައީސް ކަމަށްވާ މައުސޫމާ އިބްތިކާރާއި ހެލްތު މިނިސްޓްރީގެ ނައިބް އަދި ޕާލަމެންޓުގެ ދެ މެންބަރަކު ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

އީރާނުގައި އެންމެ ގިނަ މީހުން މަރުވެފައި ވަނީ ވެރިރަށް ތެހެރާނާއި ޝިއައީން ގިނަ އަދަދަކަށް އުޅޭ ގުމް ސިޓީންނެވެ. ވައިރަސް ފެތުރެމުންދާތީ ތެހެރާންއާއި އިތުރު އަވަށްތަކުގެ ހުކުރު ނަމާދު ވަނީ ކެންސަލްކޮށް ސްކޫލްތަކާ ޔުނިވަރސިޓީތައް ބަންދު ކޮށްފައެެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *