ދެކުނުކޮރެއާގެ ފޯރވަރޑް ސޮން ހިއުމިންގ ގެ އަތަށް ލިބުނު އަނިޔާއަކަށް ފަރުވާ ހޯދަން ދެކުނު ކޮރެއާގައި ހުރުމަށްފަހު އެނބުރި އިންގްލެންޑަށް ދިއުމުން ކަރަންޓީނު ކުރުމަށް ނިންމައިފިއެވެ.

ސޮން ކަރަންޓީނު ކުރަން ނިންމީފައިވަނީ މިހާރު ހަލުވި ކަމާ އެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް (ކޮވިޑް-19) ގެ ސަބަބުން އިންގްލެންޑުން ސަލާމަތީ ފިޔަވަޅުތަށް ވަރުގަދަކުރުމަށް އެކުލަވާލާފައިވާ މިންގަނޑުގެ ތެރެއިންނެވެ. ދެކުނު ކޮރެއާ އަކީ މި ވަގުތު ވައިރަސް އެންމެ އާންމުވެފައިވާ ގައުމު ކަމަށްވާތީ އެ ގައުމުން އަންނަ ފަރާތްތަކަށް އިންގްލެންޑުން ދަނީ ބަލަމުންނެވެ.

އަތުގެ ހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން މި ވަގުތު ކުޅުމާ ދުރުގައި ހުރި ދެކުނު ކޮރެއާގެ ފޯވާޑް ސޮން ފަރުވާ ހޯދަން އޭނާ ދެކުނު ކޮރެއާ އަށް ދިޔައީ 2017 ވަނަ އަހަރު ވެސް އޭނާ އަށް ލިބުނު އެ ކަހަލަ އަނިޔާއެއްގައި ފަރުވާދިން ދެކުނު ކޮރެއާގެ ޑޮކްޓަރުގެ ގާތަށެވެ.

މިކަމާ ގުޅޭގޮތުން ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ހެދިފައިވާ ގަވާއިދަށް ކޮންމެ މީހަކު ވެސް އިހުތިރާމްކުރަންޖެހޭނެ ކަމަށާއި އެ ގޮތުން ޓޮޓެންހަމުން ވެސް އިންގްލެންޑްގެ ސަރުކާރުގެ ނިންމުންތަކަށް ބޯލަނބަން ޖެހޭނެ ކަމަށެވެ. އަދި ސޮން ކަރަންޓީނު ފެސިލީޓީގައި ހޭދަކުރާ މުއްދަތުގައި ޓޮޓެންހަމުން ދޭން ޖެހޭ އެހީތެރިކަން އެންމެ ފުރިހަަމަކޮށް ލިބިގެންދާނެ ކަމަށް މޮރީނިއޯ ވަނީ ބުނެފައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ބައެއް ޓީމުތަކުން އަންނަނީ ވައިރަހުގެ ސަބަބުން ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރަމުންނެވެ. އެ ގޮތުން ނިއުކާސަލް ޔުނައިޓެޑާއި ވެސްޓް ހޭމް ޔުނައިޓެޑުން ވަނީ ކުޅުންތެރިން ސަޕޯޓަރުންނާ ސަލާމްނުކުރަން އަންގައިފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *