ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއި އެކު ކޮރޯނާ ވައިރަސް (ކޮވިޑް-19) ފެތުރެމުން އަންނާތީ ބައިނަލްއަގުވާމީ ފުޓްބޯޅާ މެޗުތައް ފަސްކުރަން ޖެހިދާނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.

މާރޗް މަހަކީ ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތަކާއި ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތަކުގެ އިތުރުން ޔޫރޯ ކޮލިފައިން ވެސް ކުޅެން ތާވަލުކޮށްފައިވާ މަހަށްވެފައި، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މި ވައިރަސް އިތުރަށް ފެތުރުމުގެ ބިރު އެބައޮތް ކަމަށް ގިނަ ރިޕޯޓްތަކުން ބުނެފައިވާތީ ފިފާއިން މިގޮތަށް ނިންމީ ކަމުގައި ވަނީ ބުނެފައެވެ.

އިންފަންޓީނޯ ވިދާޅުވި ގޮތުގައި ކޮންމެ ކުޅިވަރަކަށް ވުރެ ވެސް މުހިއްމުވާނީ މީހުންގެ ސިއްހަތު ކަމަށާއި މެޗުތައް ކުޅެން ޖެހެނީ ސަޕޯޓަރުން ނުވައްދައި ކަމަށް ވިޔަސް މެޗު ނުކުޅެ ހުއްޓާލަން ޖެހުނަސް  މިތިބީ އެ ގޮތުގައި ވެސް ކުރިއަށްދާން ތައްޔާރަށްކަމަށެވެ.

ފުޓްބޯޅަ ކުޅުންތެރިންގެ ޔޫނިއަން ފިފްޕްރޯ އިން އަންނަނީ މި ވައިރަހުގެ ސަބަބުން ވަގުތުން ވަގުތަށް ކަންތައްތައް ކުރަންޖެހޭ ގޮތް ބަލައި އެކަން ކުރުމަށް ޓާސްކްފޯހެއްގެ އެހީގައި މަސައްކަތްކުރަމުންނެވެ. 

އަދި މި ޖަމިއްޔާ އިން އަންނަނީ ކޮރޯނާ ވައިރަސްކަންތައްތަކާ ގުޅިގެން ކުޅުންތެރިންގެ ފަރާތުން ހުށަހަޅަން ޖެހޭ ކަންތައްތައް އެކި ގައުމުތަކުގެ އެސޯސިއޭޝަންތަކާ ހިއްސާކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.