މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އާއިޝަތު ނަހުލާ -- ޖަޒީރާ ފޮޓޯ: އަހްމަދު ޝުރާއު

ޓެރަރިޒަމްއަށް ފައިނޭންސްކުރާ ކަމަށް ބުނުމުގެ ހައްގު އެއްވެސް ބަޔަކަށް ލިބިގެންނުވާ ކަމަށާއި، އެފަދަ ތުހުމަތުތަކެއް އަޑު އެއްސެވި އަލަށް ކަމަށް ވިދާޅުވެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ކުރެވޭ ތުހުމަތުތަކެއް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

ޓެރަރިސްޓު ޖަމާއަތަކަށް ނިސްބަތްވާ މީހަކަަށް ނަހުލާ ހަަރަދުކުރެއްވިކަމުގެ ތުހުމަތުތަކެއްކޮށް، ރާއްޖޭގެ އޮންލައިން ނޫހަކުން ވަނީ ނަހުލާއަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ.

''ޖަޒީރާ'' އާ ވަހަކަ ދައްކަވަމުން ނަހުލާ ވިދާޅުވީ، ޓެރަރިޒަމްއާ ގުޅުވައި ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށެވެ. އެފަދަ ވާހަކަތައް ފަތުރަނީ ބަޔަކު އަޑީގައި ތިބިގެން ގާނޫނާ ހިލާފަށް ހާސިލްކުރަން ބޭނުންވާ ކަންތައްތައް ހާސިލް ނުވުމުން އެކަމުގެ ހަސަދަވެރިކަން އޮވެގެން ކަމަށް ވިދާޅުވެ ނަހުލާ ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ. އަދި އެއީ އަބުރުކަތިލުމުގެ ނިޔަތުގައި ކުރަަމުންދާ ކަމެއް ކަމަށް ވިދާޅުވި އެވެ.

އެއްވެސް ވަރެއްގެ ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން. އޭގެ އިތުރަށް ދަންނަވާލަން ބޭނުންވަނީ ބައެއް ފަރާތްތަކުން ބޭނުންވާ ވަކި ކަމެއް ހާސިލްކުރުމަށްޓަކައި މަސައްކަތްކޮށް ގަވާއިދާ ގާނޫނާ ހިލާފަށް ހާސިލްކުރަން ބޭނުންވާ ކަމެއް ހާސިލްނުވީމަ އޭގެ މައްޗަށް އެހެން މީހުންގެ އަބުރު އިއްޒަތް ކަތިލަން މިހެންކުރާ ކަންތައްތަކެއް. އަލަށް އަޑުއެހީ މިކަހަލަ ވާހަކައެއް އަޅުގަނޑާއި ބެހޭ ގޮތުން.

ޓެރަރިޒަމްއަށް ފައިނޭންސް ކުރުމަކީ ޓެެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ބޮޑު ކުށެއް ކަމަށް ކަނޑައަޅާފައިވާއިރު އެފަދަ ބޮޑެތި އިލްޒާމުތަކެއް އެޅޭއިރު އެކަން ސާފުކުރަން ބޭނުންވެ ވަޑައިގަނުގަންވާތޯ ސުވާލު ކުރުމުން ނަހުލާ ވިދާޅުވި، ގުޅުމެއް ނެތް ކަމެއްގައި މުއައްސަސާތަކަށް ހުށައެޅުމުގެ ބޭނުމެއް އޮތް ކަމަށް ދެކި ވަޑައިނުގަންވާ ކަމަށެވެ.

އަޅުގަނޑާ ގުޅުމެއް ނެތް ވާހަކައެއްގައި އަޅުގަނޑު މުއައްސަސާތަކަށް ހުށައަޅައިގެން އެކަން ސާފުކުރަން ޖެހޭނެ ކަމަކަށް ގަބޫލެއް ނުކުރަން.

މިނިސްޓަރ ނަހުލާ ވިދާޅުވީ މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކަަށް މުއައްސަސާތައް މެދުވެރިކޮށް އެކަން ބެލުމުގެ މަގު އެބައޮތް ކަމަށެވެ.

އެތަނަކަށް ހުށައަޅައިގެން، އެ މައުލޫމާތުތައް ބޭނުންވާ ފަރާތްތައް ހޯދަންވީ

ނަހުލާ ފައިނޭންސް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ހުށައެޅިފައިވޭތޯ ފުލުހުންނާ ސުވާލު ކުރުމުން ބުނީ، އެފަދަ މައްސަލައެއް އަދި މިހާތަނަށް ހުށައެޅިފައިނުވާ ކަމަށެވެ.

ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސިޓީސީ) ގެ އިސް ބޭފުޅަކު ''ޖަޒީރާ'' އަށް ވިދާޅުވީ އެފަދަ މައުލޫމަތެއް އެ އިދާރާއަށްވެސް ހުށައެޅިފައިނުވާ ކަމަށެވެ.

0
1
1
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.