ޕީޕީއެމްގެ ރޭގެ ޖަލްސާއިން ފެނިގެންދިޔައީ، ރައީސް ޔާމީން އާއި ޕީޕީއެމް ސަރުކާރުގެ އިޚްލާސްތެރި މަސައްކަތް ރައްޔިތުން ބަލައިގެންފިކަން ކަމުގައި ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

މީގެ އިތުރުން ޑރ ޖަމީލް ވިދާޅުވެފައިވާ ވަނީ ދިވެހިރައްޔިތުން ވަނީ އިސްލާމްދީނާއި މިނިވަންކަމަށް ގޮންޖެހުމަށާއި، އާންމުވަމުންދާ ކޮރަޕްޝަނުގެ އަމަލުތަކަށާއި ރައީސް ނަޝީދުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނެފައިކަމުގައެވެ.

މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުކަން ކުރައްވަމުން ގެންދަވާ ޑރ ޖަމީލް ވަނީ މިހާރުގެ ސަރުކާރުން ފާޅުގައި އިސްލާމްދީނާ ދެކޮޅު ވަރކްޝޮޕްތައް ބާއްވަމުން ދާއިރު ޕޮލިހުން މިއީ ގާނޫނާއި ހިލާފު އަމަލެއް ކަމުގައި ނުދެކެނީތޯ އައްސަވާ ސުވާލްއުފައްދަވާފައެވެ. އަދި ރައްޔިތުން ތެދުވަން ވެއްޖެ ކަމަށާއި ދީން ދިފާއުކުރުމަކީ ވާޖިބެއް ކަމަށާއި، ސަރުކާރަށް ދީނީ އިލްމުވެރިޔާ ޑރ ބިލާލް ފިލިޕް ހުއްޓުވުނު ކަމުގަޔާއި ، ނަމަވެސް ލާދީނީ ކަންކަން ފަތުރާ މީހުންނަށް ވަނީ ލައިސަންސް  ދީފައިކަަމަށާއި، ގައުމުގެ ރުކުންތައް ފުޑާލަން އެއްވެސް ބަޔަކަށް ޖާގަ ނުދެއްވާނެކަމަށް ވިދާޅުވެފައެވެ.

ޑރ ޖަމީލް ވަނީ ޕީޕީއެމް ސަރުކާރުން ނައިބު ރައީސްގެ މަގާމުން ވަކި ކުރުމާއެކު ގައުމު ދޫކުރައްވައި އިންގިރޭސިވިލާތަށް އަމިއްލަފުޅަށް އަރުވާލެވިގެން ހުންނެވި އިރު ސިޔާސީ ކަންކަމުގައި ރައީސް ނަޝީދާއެކު އަތާއި އަތް ގުޅާލައިގެން މަސައްކަތްކުރައްވާފައެވެ.

މިހާރު މި އޮތް ކޯލިޝަން ސަރުކާރު އުފެދުނު އިރުވެސް ޑރ. ޖަމީލް ހުންނެވީ ކޯލިޝަނާއެކުގައެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ކުރައްވާ މަސައްކަތްތަކަށް އިތުރު ވަގުތު ދިނުމަށް ބޭނުންވާތީ ޖުމްހޫރީ ޕާޓީގެ މެމްބަރުކަމުން ޑރ ޖަމީލު ވަނީއިސްތިއުފާދެއްވައިފިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.