-- ފޮޓޯ: މިހާރު

މިއަދު 7,862 މީހެއްގެ ގަޔަށް ވެކްސިން ޖަހައި، ވެކްސިން ޖެހި ޖުމްލަ މީހުންގެ އަދަދު 165,675 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ވެކްސިން ޖެހި މީހުންގެ ތެރެއިން 4,083 މީހުން ވެކްސިން ޖަހާފައިވަނީ މާލެ ސަރަހައްދުން ކަމަށެވެ. 3،779 މީހުން ވެކްސިން ޖަހާފައިވަނީ އަތޮޅު ތެރެއިންނެވެ.

މާލެ ސަރަހައްދުން ވެކްސިން ޖަހާ މީހުންގެ އަދަދުތައް މިހާރު ދަށަށް ދާން ފަށާފައިވާއިރު، 18 އަހަރުން މަތީގެ އެންމެނަށް ވެކްސިން ދޭން މިހާރު ވަނީ ނިންމާފައެވެ.

ވެކްސިންގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ 179 ސެންޓަރެއްގައެވެ. އެއީ ގްރޭޓަރ މާލޭގެ 8 ވެކްސިނޭޝަން ސެންޓަރަކާއި، މޯބައިލް 2 ވެކްސިނޭޝަން ސެންޓަރަކާއި އަތޮޅުތެރޭގެ 169 ވެކްސިނޭޝަން ސެންޓަރަކުންނެވެ.

ރާއްޖޭގައި މިހާރު ޖަހަމުންގެންދަނީ އިންޑިއާގެ ސަރުކާރުން ހަދިޔާކޮށްފައިވާ "ކޮވިޝީލްޑް" ވެކްސިންގެ 200،000 ޑޯޒެވެ. މި ވެކްސިންގެ އިތުރުން ޗައިނާގެ ސައިނޯފާމް އިން އުފައްދާފައިވާ ވެކްސިންގެ 10,000 ޑޯޒްވެސް ރާއްޖެއަށް ލިބިފައިވެއެވެ.

ވަރަށް އަވަހަށް ސައިނޯފާމްގެ 200،000 ޑޯޒްވެސް ރާއްޖެ ގެނެވޭނެކަމަށް ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަނީ ވިދާޅުވެފައެވެ. މި ވެކްސިނަށް އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން އަދި ހުއްދަ ދީފައެއް ނުވެއެވެ. އޭގެއިތުރުން އޮކްސްފޯޑް ވެކްސިންގެ 700،000 ޑޯޒް ސަރުކާރުން ގަނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *