އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ވ. ފުލިދޫ އަދި ތިނަދޫއަށް ޒިޔާރާތްކޮށް، އެދެރަށުގެ ރަށްގިރުމުގެ ހާލަތު ބައްލަވާލައްވައިފިއެވެ.

މިނިސްޓަރު ޑރ. ހުސެއިން ވަނީ ފުލިދޫގެ ކުނި މެނޭޖްކުރާ ސަރަހައްދު ބައްލަވާލެއްވުމަށްފަހު، އެރަށު ކައުންސިލާ ބައްދަލު ކުރައްވާ ތިމާވެށީގެ މައްސަލަތަކާގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. ފުލިދޫއަކީ ރަށްގިރުމުގެ މައްސަލަ 2014 ވަނަ އަހަރު ކުރިމަތިވެ ރަށްގިރުމުގެ ހާދިސާގައި އެ ރަށުގެ އަތިރިމަތިން ބޮޑު ސަރަހައްދެއް ގިރައި، ދިރާގު ޓަވަރަށް ކަރަންޓް ދޭ ކޭބަލް މޫދުގައި އޮތުމުން ކަރަންޓު ވެސް ކަނޑާލަން ޖެހުނު ރަށެކެވެ.

އަދި މިނިސްޓަރު ވަނީ އެއަތޮޅު ތިނަދޫއަށް ވަޑައިގެން އެރަށު ކައުންސިލާވެސް ބަައްދަލުކުރައްވާ، އެ ރަށުގެ ރަށް ގިރާ މައްސަލަ އާއި ކުނި މެނޭޖްކުރާ މަރުކަޒެއް ގާއިމުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފަ އެވެ.

މީގެ ކުރިން މިނިސްޓަރު މައުލޫމާތުދެއްވާފައިވާގޮތުގައި އެހެން އަހަރުތަކާ ހިލާފަށް މި އަހަރު އާދަޔާ ހިލާފަށް ރަށްތައް ގިރަމުން ދަނީ "އިންޑިއަން އޯޝަން ޑައިޕޯލް (އައިއޯޑީ)"ގެ ސަބަބުން ކަމަށެވެ. އިންޑިއަން އޯޝަން ޑައިޕޯލް ނުވަތަ އިންޑިއަން ނިނޯ އަކީ މޫދު ލޮނުގަނޑުގެ ފިނި ހޫނުމިން، އިންޑިއާ ކަނޑުގެ ހުޅަނގު ބިތަށް ވުރެން ދަށްވެ ނުވަތަ މަތިވުމުން މޫސުމަށް އަންނަ ބަދަލުތަކެކެވެ.


0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.