މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވީޑް 19 ބައްޔާ ގުޅިގެން،  ޗައިނާއަށް ދަތުރުކުރެއްވުމަށްފަހު އެނބުރި ގައުމަށް ވަޑައިގެންނެވުމުން މޮންގޯލިއާގެ ރައީސް ކަރަންޓީނުކޮށްފި އެވެ.

މޮންގޯލިއާގެ ރައީސް ހަލްތުމާގިން ބަތުލްގާ އެކު މޮންގޯލިއާގެ އޮފިޝަލުން ވެސް ޗައިނާއަށް ވަޑައިގެންނެވި އެވެ. މިހުރިހާ ބޭފުޅުންވެސް ވަނީ އެމަނިކުފާނުއާއި އެކު ކަރަންޓީނު ކޮށްފައެވެ. ބަތުލްގާ އަދި އަރިހުގައި ދަތުރުކުރެއްވި ހުރިހާ އޮފިޝަލުން އުސޫލެއްގެ ގޮތުން 14 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރައްވާނެއެވެ . 

އެމަނިކްފާނުގެ މިދަތުރުފުޅުގާ ވަނީ ޗައިނާގެ ލީޑަރު ޝީ ޖިންޕިންއާ އެކު މަޝްވަރާކުރެއްވުން ތައްބާއްވައިފަ އެވެ.

ޗައިނާގައި ވައިރަސް ފެތުރެން ފެށިފަހުން ޗައިނާއަށް ދަތުރުކުރެއްވި ގައުމެއްގެ ލީޑަރަކީ ހަމައެކަނި ބަތުލްގާއެވެ.މޮންގޯލިއާއިން މިހާތަނަށް ކޮރޯނާވައިރަސް ފެނިފައިނުވި ކަމުގައިވިޔަސް މޮންގޯލިއާ އިން ވަނީ އެގައުމާއި ޗައިނާއާ ގުޅޭ ބޯޑަރު ބަންދުކޮށްފަ އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާގައި ފެތުރެން ފެށި ނުރައްކާތެރި ކޮރޯނާވައިރަހަށް މިހާތަނަށް 40 އަށް ވުރެ ގިނަ ގައުމުގެ ސަރަހައްދެއްގައި ތިބި 83،361 އަށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އެ ވައިރަސް ޖެހުމުގެ ސަބަބުން 2,857 މީހަކު ވަނީ މަރުވެފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *