މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު(ޓޮމް) މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ/ ފޮޓޯ: މަޖިލީސް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދާއަޅައިގެން މަސްވެރިކަންކުރާ ބޭރުގެ ބޯޓު ފަހަރުތައް މިދުވަސްވަރު ގިނައިން ފެންނަމުން ދާތީވެ، އެކަމަށް ވަގުތުން ފިޔަވަޅުއަޅައި ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް އިތުރަށް ސަމާލުކަން ދިނުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްމަބަރު އަހުމަދު ތޯރިގު (ޓޮމް) ހުށައެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

ތޯރިގު ހުށައެޅުއްވި ގަރާރުގައި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މި ދުވަސްވަރު ދާއަޅައިގެން މަސްވެރިކަންކުރާ ރާއްޖޭއިން ބޭރުގެ ބޯޓްފަހަރު ގިނަ އަދަދަކަށް ފެންނަމުންދާކަމުގެ މައުލޫމާތު މަސްވެރިން ދެމުންދާތީ އާއި އުތުރުގެ އަތޮޅުތަކާއި ދިމާއިން ފެންނަ ބޯޓްފަހަރު އިތުރުވެ މަސްވެރިކަމަށް އިންތިހާއަށް އަސަރުކުރަމުން ދިޔުމާއި ދާ އަޅައިގެން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރުމަކީ ގާނޫނާއި ހިލާފުކަމަކަށްވާއިރު، ރާއްޖެއިން ބޭރުގެ މިފަދަ ބޯޓްތަކާއިމެދު އިތުރަށް ފަރުވާތެރިވެ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް އިތުރަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސަރުކާރަށް ގޮވާލާފައިވެ އެވެ.

މިފަހުން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަތް ބޭރުގެ އެއްވެސް ބޯޓަކާއި މެދު ސިފައިން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާއިރު އެ މީހުންނަށް ދައުވާނުކުރަން ޕީޖީ ނިންމާފައިވާ ކަމަށް މީޑިއާތަކުގެ ރިޕޯޓާ ހަވާލާދެއްވައި ތޯރިގުގެ ގަރާރުގައި ބުނީ، މަސްބޯޓްތަކަށް އެއްވެސް ފިޔަވަޅެއް ނާޅައި، ދޫކޮށްލުމަކީ އެފަދަ ބޯޓްތަކާއި މީހުންނަށް ލިބޭ އިތުރު ފުރުސަތަކަށްވެ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ނުހަނު ގެއްލުން ލިބޭކަމެއް ކަމަށެވެ.

އަދި މިފަދަ ބޯޓްތަކަށް ފިޔަވަޅު ނޭޅުމަކީ ސަރުކާރުން މަސްވެރިކަމުގެ ސިނާޢަތާއި މެދު ވެވޭ އިހްމާލެއް ކަމަށް ދެކި ސިފައިންގެ ދަށަށް ގެންދިޔަ ބޯޓާއި މެދު އެޅެން ހުރި ފިޔަވަޅުތައް ވަގުތުން އެޅުމަށާއި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމުގައި އިތުރަށް ސަމާލުކަން ދިނުމަށް ގަރާރުގައި ވަނީ ގޮވާލާފަ އެވެ.

މައްސަލަ ބަލައިގަނެވޭ ވަރަށް މެމްބަރުންގެ ވޯޓު ދެއްވާފައިނުވާތީވެ މައްސަލަ ވަނީ ބޭރުކޮށްލާފަ އެވެ. މައްސަލަ ބަލައިގަންނަ ކަމަށް 10 މެމްބަރަކު ވޯޓު ދެއްވިއިރު 26 މެމްބަރަކު ވޯޓުދެއްވީ ބަލައި ނުގަންނަންށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *