ނ.ލަންދޫ ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

މިކަމަށް ޚާއްސަ ރަސްމިއްޔާތެއް މިއަދު ލަންދޫ ސިއްހީ މަރުކަޒުގައި ބާއްވާފައިވާއިރު މި ހިދުމަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އެވެ.މިރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫން ވެސް ވަނީ ބައިވެރި ވެލައްވާފައެވެ.

ގާތްގަނޑަކަށް 1100 މީހުންގެ އާބާދީ އޮންނަ ލަންދޫ އިން މީގެކުރިން ލެބޯޓްރީގެ ހިދުމަތް ހިދުމަތްހޯދާފައިވަނީ ނ. އަތޮޅު ހޮސްޕިޓަލުން ކަމުގައި ވާއިރު، މިހިދުމަތާއެކު ލަންދޫ ރައްޔިތުންނަށް ރަށުގެ ރައްޔިތުންނަށް ބޮޑެތި ލުއި ފަސޭހަކަމެއް ލިބިގެންދާނެކަމަަށް މިނިސްޓްރީން ބުވަނީ ބުނެފައެވެ.

މީގެ އިތުރުން ތެލެސީމިއާ ބަލީގެ ސަބަބުން ލޭއަޅާ 4 ކުއްޖަކު ލަންދޫގައި އުޅެމުންދާއިރު ، މިއަދު ރަސްމީކޮށް ފެށުނު ލެބޯޓްރީގެ ހިދުމަތުން އެކުދިންނަށް ފަރުވާ ދިނުމަށް ލުއިފަސޭހަވެގެންދާނެއެވެ.އަދި ހަމަ އެއަތޮޅުގެ މާޅެންދޫގައިވެސް ލޭ އަޅާ ތިންު ކުދިންނާއި މާފަރުގައި ހަތަރު ކުދިން އުޅޭއިރު، ލަންދޫގައި ލެބޯޓަރީގެ ހިދުމަތް ފެށިގެން ދިއުމުން މީގެކުރިން މިކުދިން ފަރުވާ ހޯދުމަށް ކުރަންޖެހޭ ދަތުރުތަކާއި ހޭދައަށް ވަރަށް ބޮޑުލުޔެއް ލިބިގެންދާނެކަން ހެލްތު މިނިސްޓްރީން ފާހަގަކުރި އެވެ.

ނ. އަތޮޅުގައި މިހާރު ލެބޯރޓްރީގެ ހިދުމަތް ލިބެނީ ނ. އަތޮޅު ހޮސްޕިޓަލް (މަނަދޫ) އާއި ނ. ވެލިދޫ ސިއްހީ މަރުކަޒާއި ނ.ކެނދިކުޅުދޫ ސިއްހީ މަރުކަޒުގެ އިތުރުން ހޮޅުދޫ ސިއްހީ މަރުކަޒުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *