އެއަރ ނިއުޒީލެންޑްގެ ބޯތުތަކުގެ އިކޮނޮމީކްލާހުގައި، ޕަސިންޖަރުންނަށް ނިދޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ތައްޔާރުކުރަމުން އަންނަ "ސްލީޕް ޕޮޑްސް" ގެ ސާމްޕަލް ދައްކާލައިފިއެވެ.

އެއަރނިއުޒީލެންޑްއިން މައުލޫމާތު ދޭގޮތުގައި އެކުންފުނީގެ ބޯޓުތަކުގެ އިކޮނޮމީ ކުލާހުގެ "އިކޮނޮމި ސްކައިނެސްޓް" ކެޓަގަރީގައި ހަމަޖެހިލައިގެން އޮށޯވެ ނިދާލެވޭގޮތަށް 6 ޕޮޑް ތައްޔާރު ކުރަން ވަނީ ހަމަޖެހިފައެވެ.

ބައެއްމިހުންނަކީ ބޭނުންވަގުތަކު އިށީނދެއިނދެގެންވެސް އުނދަގުލަކާނުލާ ނިދާލެވޭ މީހުންނެވެ. ނަމަވެސް ބައެއް މީހުންނަކީ ކޮންމެ ކޮންމެ ގޮތަކަަށް އިނދެގެން ނިދުމަށް އުނދަގޫވާ މީހުންކަމުން މި ޕޮޑުތައް ހާއްސަކޮށްފައި މިވަނީ އެފަދަ ފަރާތް ތަކަށެވެ.

އެކުންފުނިން މައުލޫމާތު ދޭގޮތުގައި މިހިދުމަތް ދިނުމަށް ނިންމާފައި މިވަނީ 3 އަހަރުދުވަހުގެ ރިސަރޗެއް ހެދުމަށްފަހު ، 200 ވަރަކަށް ކަސްޓަމަރުންގެ ހިޔާލު ހޯދުމަށް ފަހުގައެވެ.

ކޮންމެ ޕޮޑެއްގެ ދިގުމިނުގައި 6.5 ފޫޓު ހުންނާނެކަމަށާއި ، ފުޅާމިނުގައި 22 އިންޗި ހުންނާނެކަމަށްވެއެވެ. އަދި ކޮންމެ ޕޮޑެއްގައި ބާލީހާ ، ރަޖާގަނޑަކާއި ، ކަންފަތަށް ޖަހާ ޕްލަގް ގެ އިތުރުން ފަރުދާ ދެމިފައި ހުންނާނެއެވެ. މީގެ އިތުރުން ފޮތްކިޔަން ދިއްލާ ލައިޓާ ޔޫއެސްބީ ވެސް ހަރުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމުގައި އެއަރލައިނުން ވަނީ ބުނެފައެވެ.

މިޕޮޑުތައް ނިންމުމަށް ވަކި ދުވަހެއް އަދި ކަނޑައަޅާފައި ނުވިނަމަވެސް ޕޮޑް ތައްޔާރުކުރުމަށް ބޭނުންވާ ހުރިހާ ލިއެކިއުމާ ކުރެހުން މިހާރު ނިމިފައިވާކަމަށް އެއަރ ނިއުޒީލެންޑްއިން ސީއެންއެންއަށް ވަނީ މައުލޫމާތު ދީފައެވެ.

އެއަރ ނިއުޒީލެންޑްގެ ޖެނެރަލް މެނޭޖަރ ނިކީ ގުޑްމަން ވިދާޅުވެފައި ވަނީ މިބަދަލާއި އެކު އިކޮނޮމީ ކްލާހުގައި ވެސް ދިގު ދަތުރުކުރައްވާ ފަރާތްތަކަށް ބޭނުންވާ މަންޒިލަށް ދެވޭއިރު ވަރުބަލި ފިލުވާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގަ އެންމެ ފުރަތަމަ މި ޕޮޑްގެ ހިދުމަތް ދިނުމަށް ނިންމާފައިވަނީ މިއަހަރު އޮކްޓޫބަރު މަހު ފަށަން ހަމަޖެހިފައިވާ އޯކްލޭންޑުން ނިއުޔޯކަސް ދާ ފްލައިތުތަކިގައެވެ. އެ ދަތުރަކީ  17 ގަޑިއިރާ 40 މިނެތް ގެ ދިގު ވަގުތެއް ނަގާ ދަތުރެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.