ރަޝިއާގެ މަޝްހޫރު އަންހެން ޓެނިސް ތަރި މާރިއާ ޝަރަޕޯވާ ކޮނޑުގެ އަނިޔާގެ މައްސަލަތަކަށް ހައްލެއް ނުލިބި ގިނަދުވަސްތަކެއް ވެފައިވާތީ ކުއްލިގޮތަކަށް ރިޓަޔާކޮށްފި އެވެ.

މާރިއާއަށްތަކުރާރުކޮށް ދިމާވާ ކޮނޑުގެ އަނިޔާގެ މައްސަލަތަކަށް މިއަދާހަމައަށް ވެސް ހައްލެއް ނުލިބިފައިކަމަށް ވަނީ ހާމަ ކޮށްފައެވެ.

ޝަރަޕޯވާގެ ކޮނޑަށް އެންމެ ފުރަތަމަ އަނިޔާވެފައިވަނީ 2007 ވަނަ އަހަރު ކަމަށާއި އޭގެ ފަހުން ފިޓްވެގެން އެނބުރި ކުޅުމަށް އައި ނަމަވެސް ތަކުރާރުކޮސް ވަނީ ކޮށްޑަށް ލިބިފައިވާ އަނިޔާ ތަހައްމަލް ކުރަން ޖެހިފައެވެ.

ވޯގް އެންޑް ވެނިޓީ ފެއާ މެގަޒިން އަށް ދިން އިންޓަވިއުއެއްގައި ޝަރަޕޯވާ ބުންނެފައިވަނީ ޓެނިހުގެ ދުނިޔެ އަށް މިއީ އޭނާގެ ވަދާއީ ސަލާމްކަމުގައެވެ. އަދި 28 އަހަރު ވަންދެން ޓެނިސްކުޅެންއުޅެ، 5 ގްރޭންޑް ސްލޭމް ތަށި ހާސިލް ކުރުމަށްފަހު ރިޓައަރ ވުމަށްފަހު މިހާރުއޭނާ މިސްރާބު ޖަހާފައިމިވަނީ ދިރިއުޅުމުގެ އާ ޗެޕްޓަރަކަށްކަމުގައެވެ.

އުމުރުން 32 އަަހަރުގެ ޝަރަފޯވާ ރިޓަޔާކުރިއިރު ޝަރަޕޯވާގެ ރޭންކިން އަކީ 373 ވަނައެވެ. އަދި ފާއިތުވީ އަހަރެއްހާ ދުވަހު ޝަރަފޯވާ އަށް ޓެނިހުގެ މައިދާނުގައި ރަނގަޅު ކުޅުމެއް ނުދެއްކިފައެވެ.

ގްރޭންޑް ސްލޭމް މުބާރާތްތަކުގައި ވެސް ޝަރަޕޯވާ އަށް ވަނީ ފުރަތަމަ ބުރު ފަހަނައަޅައި ދެވޭގޮތް ނުވެފައެވެ.

ޝަރަފޯވާ ވަނީ މީގެ ކުރިން ކުޅުމުގެ މައިދާނުން ސަސްޕެންޑް ކުރެވިފައެވެ. ޝަރަޕޯވާ ބޭނުންކުރި ޞެސްކަމުގައިވާ މެލްޑޯނިއަމް އަކީ 2006 ވަނަ އަހަރުން ފެށިގެން އޭނާ ބައްޔަކަށް ފަރުވާ ހޯދުމަށް ބޭނުންކުރާ ބޭހެއް ކަމަށް އޭނާވަނީ ބުނެފަ އެވެ. އެހެން ނަމަވެސް 2016 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ވޯލްޑް އެންޓިޑޯޕިން އެޖެންސީ (ވާޑާ) އިން ވަނީ މެލްޑޯނިއަމްގެ މަނާ ބޭހުގެ ގޮތުގައި ލިސްޓު ކޮށްފަ އެވެ. ޝަރަޕޯވާ ވަނީ ބޭސް ބެނުން ކުރިއިރު  އޭނާ އަށް އެކަން ނޭނގޭ ކަމަށް ބުނެފައެވެ.

އެމައްސަލަ ފަހުން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އަށް ހުށަހަޅައިގެން ޝަރަޕޯވާ ވަނީ ސަސްޕެންޝަންގެ މުއްދަތު 15 މަހަށް ކުޑަކޮށްފަ އެވެ. އެ ސަސްޕެންޝަންގެ މުއްދަތު ހަމަކޮށް 2017 ވަނަ އަހަރު އޭޕްރީލް މަހުން ފެށިގެން ޝަރަޕޯވާ ވަނީ މުބާރާތްތަކުގައި ވާދަކުރަން ފަށައިފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *