އެޗްޑީސީގެ ބައެއް އަންހެން މުވައްޒިފުން -- ފޮޓޯ: އެޗްޑީސީ / 2019

"ކަނބަލުންގެ ޗުއްޓީ" ނަމުގައި ހާއްސަ ޗުއްޓީ އެއް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތައާރަފްކޮށްފިއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، "ކަނބަލުންގެ ޗުއްޓީ" ނަމުގައި ހާއްސަ ޗުއްޓީ ތައާރަފްކޮށްދެއްވީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހެއިލް އަހްމަދެވެ.

އެޗްޑީސީ އިން މައުލޫމާތު ދީފައިވާ ގޮތުގައި، "ކަނބަލުންގެ ޗުއްޓީ" އަކީ އެ ކުންފުނީގެ އަންހެން މުވައްޒިފުންނަށް ކޮންމެ މަހަކުވެސް އެއް ދުވަހުގެ މެޑިކަލް ލީވް އެއް ދިނުމުގެ ގޮތުން ތައާރަފްކުރި ޗުއްޓީ އެކެވެ.

"ކަނބަލުންގެ ޗުއްޓީ" ތައާރަފް ކުރުމުގެ އިތުރުން، އެ ކުންފުނީގެ އަންހެން މުވައްޒިފުންނަށް ހާއްސަ ކޮށްގެން މައުލޫމާތު ސެޝަނެއްވެސް ކުރިއަށް ގެންގޮސްފައެވެ. ވަރޗުއަލް ކޮށް ކުރިއަށް ގެންދިޔަ މި ސެޝަނަކީ އިންސްޓިޓިއުޓް ފޮރ ވެލްނެސް އެޑިއުކޭޝަން ގެ ވިމެން ސެންޓަރ އިން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.

މިއަދު ތައާރަފް ކުރެވުނު "ކަނބަލުންގެ ޗުއްޓީ" އަކީ ދިވެހިރާއްޖޭގެ ކުންފުންޏަކުން އަންހެނުންނަށް ހާއްސަ ކޮށްގެން ތައާރަފް ކުރި މިފަދަ ފުރަތަމަ ޗުއްޓީއެވެ.

0
0
1
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *