އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެފްޑީސީ

ހުޅުމާލޭގައި 2،000 ހައުސިންގ ޔުނިޓު އެޅުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއި އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި ދެމެދު ސޮއިކޮށްފިއެވެ.

މިއަދު  އެފްޑީސީ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި އެފްޑީސީގެ ފަރާތުން ސޮއި ކޮށްފައިވަނީ މެނޭޖިންގ ޑިރެކްޓަރ ސަލްފިއްޔާ އަންވަރުއެވެ. ޖޭއެމްސީ ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ އެސިސްޓެންޓް ވައިސް ޕްރެޒިޑެންޓް - ކޮންޓްރެކްޓްސް ސައުތު އިންޑިއާ އޮޕަރޭޝަންސް ކައްރީ ސުދަކަރަ ރެޑީއެވެ.

އެފްޑީސީ އިން މައުލޫމާތު ދީފައިވާ ގޮތުގައި، މިއީ އިންޖިނިއަރިންގ، ޕްރޮކިއުމެންޓް އެންޑް ކޮންސްޓްރަކްޝަން ކޮންޓްރެކްޓެކެވެ. މި ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،000 ހައުސިންގ ޔުނިޓު އިމާރާތް ކުރެވޭނެއެވެ.

މީގެ ތެރޭގައި ހިމެނެނީ 650 ސްކުއަރ ފޫޓުގެ 2 ކޮޓަރީގެ އެޕާރޓްމެންޓާއި 900 ސްކުއަރ ފޫޓުގެ ތިން ކޮޓަރީގެ އެޕާރޓްމެންޓެވެ. 2 ކޮޓަރީގެ 600 އެޕާރޓްމެންޓް އެޅުމަށް ނިންމާފައިވާ އިރު، ތިން ކޮޓަރީގެ 1،400 އެޕާރޓްމެންޓް އެޅުމަށް ވަނީ ނިންމާފައެވެ. އިންޑިއާގެ އެގްޒިމް ބޭންކްގެ ލޯނު އެހީގައި އިމާރާތް ކުރާ މި ހައުސިންގ ޔުނިޓުތަކަށް 137 މިލިއަން އެމެރިކާ ޑޮލަރު ހަރަދުވާނެއެވެ. މި މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 3 އަހަރާއި 1 މަސް ދުވަހުގެ ތެރޭގައެވެ.

މިއަދު ސޮއި ކުރެވުނު އެއްބަސްވުމުގެ އިތުރުން، ހުޅުމާލޭގައި އިތުރު 2،000 ހައުސިންގ ޔުނިޓު އެޅުމުގެ އެއްބަސްވުމެއްގައިވެސް އިންޑިއާގެ ނޭޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އާއެކު އެފްޑީސީ އިން ވަނީ ދާދިފަހުން ސޮއި ކޮށްފައެވެ. މި މަޝްރޫއުގެ ދަށުން ތިން ކޮޓަރި އަދި ތިން ފާހާނައިގެ 1400 ޔުނިޓާއި، ދެ ކޮޓަރި އަދި ދެ ފާހާނައިގެ 600 ޔުނިޓު އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ ފައިނޭންސިންގެ 85 އިންސައްތަ ހަމަޖައްސާނީ ކޮންޓްރެކްޓަރގެ ފަރާތުންނެވެ. އަދި މި މަޝްރޫއުގެ މަސައްކަތް ފަށާތާ 900 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ފުރިހަމަކުރެވޭނެ ކަމަށް ބެލެވެއެވެ.

0
1
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *