ޖަޕާނުގައި ކޮރޯނާވައިރަސް އަށް ކަށަވަރުވެ ހޮސްޕިޓަލުގައި އެޑްމިޓު ކުރެވިފައިވާ އުމުރުން 80 އަހަރުގެ މީހަކު މިއަދު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެއެވެ. 

މިއީ ކޮރޯނާވައިރަސްގެ ސަބަބުން ޖަޕާނުގައި މަރުވި 8 ވަނަ މީހާއެވެ. 

ޖަޕާނުގެ ހޮކައިޑޯ ގެ ސަރުކާރު އޮފިޝަލުން މައުލޫމާތު ދީފައިވާގޮތުގައި މިއަދު މަރުވި ފިރިހެން މީހާ 22 ފެބްރިއަރީ ގައި ވަނީ ކޮރޯނާވައިރަސްއަށް ޕޮޒިޓިވް ވެފައި ކަމަށާއި، މަރުވެފައިވަނީ ވައިރަސްގެ ސަބަބުން ނިއުމޯނިއާޖެހިގެން ކަމުގައެވެ.

މަރުވި މީހާއަކީ ޖަޕާނުގެ ޝިރިއޫޗީ އަވަށަށް ނިސްބަތްވާ މީހެއްކަމަށާއި، މިމީހާއާ ޑައިމަންޑް ޕްރިންސަސް ކްރޫޒް ޝިޕުން ގެނެވުނު މީހުންނާއި ގުޅުމެއް ނުވާކަމަށް ވަނީ ހާމަކޮށްފައެވެ. އަދި މިމީހާ އެއްވެސް ގައުމަކަށް ދަތުރުކޮށްފައި ނުވާއިރު ވައިރަސް ޖެހެން މެދުވެރިވީ ސަބަބެއް ހޯދިފައިނެތުމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޖަޕާނުގެ ކެބިނެޓް ސެކްރެޓަރީ ޔޯށީހައިޑް ސުގާ ވަނީ ކުރެވުނު ހުރިހާ ވަގުތެއްގައި މަސައްކަތް ކޮށްގެންވިޔަސް ޖަޕާނުގެ ހުރިހާ ރައްޔިތުންނަށް ފުދޭވަރަށް މާސްކު އުފެއްދުމަށް ގޮވާލާފައެވެ. އަދި ކޮންމެހެން ބޭނުންޖެހިގެން ނޫން ގޮތެއްގައި މާސްކު ނުގަތުމަށާއި މާސްކު އިސްރާފު ނުކުރުމަށްވެސް ވަނީ ނަސޭހަތްތެރިވެފައެވެ.

ޖަޕާނުގައި ޖެނުއަރީ މަހު 100 މިލިއަން މާސްކު އުފައްދާފައިވާއިރު ފެބްރުއަރީމަހު ވަނީ 600 މިލިއަން މާސްކު އުފައްދާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *