ދުބާއީގެ ވެރިޔާ، ނައިބު ރައީސް އަދި ބޮޑު ވަޒީރު ޝޭޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމް ގާތުން، އަނބިކަނބަލުން ޕްރިންސަސް ޙަޔާ، ވަރިވުމަށް އެދި ހުށައަޅާފައިވާ މައްސަލާއިގެ އަޑުއެހުމެއް އިއްޔެ ކޯޓުގައި ބާއްވައިފިއެވެ. ދިގު ދެމިގެންދާ މި މައްސަލާގައި، އުމުރުން 70 އަހަރުގެ ޝޭޚް އަލް މަކްތޫމް އެދިލައްވާފައިވަނީ، ވީ އެންމެ އަވަހަކަށް އެ ދެބޭފުޅުންގެ ދެ ދަރިން އަނބުރާ ޑުބާއީ އަށް ގެނައުމަށެވެ. ނޫސްވެރިންނާއި އާންމުން ނުވައްދާ ކުރިއަށް ގެންދިޔަ މި އަޑު އެހުމަށް ޝޭޚް އަލް މަކްތޫމް ހާޟިރުވެފައެއް ނުވެއެވެ. ނަމަވެސް ޕްރިންސަސް ހަޔާ ވަނީ، އެކަމަނާގެ ވަކީލާ ފިއޯނާ ސާރާ ޝަކްލްޓަން އާއި އެކުގައި ކޯޓަށް ޙާޟިރުވެފައެވެ. ވަކީލާ ފިއޯނާ އަކީ، ޕްރިންސަސް ޑަޔާނާ އަދި ޕޯލް މެކާރޓްނީ ފަދަ ހައި ޕްރޮފައިލް ފަރާތްތަކުގެ ވަރީގެ ކަންތަކުގައި ވަކާލާތު ކޮށްދީފައިވާ ނަން މަޝްހޫރު ވަކީލެކެވެ.

2019 ވަނަ އަހަރު ޖޫން މަސް ތެރޭގައި 45 އަހަރުގެ ޕްރިންސަސް ޙަޔާ ވަނީ"ފުރާނަ ސަލާމަތް" ކުރުމަށް ކަމަށް ބުނެ، ފިރިމީހާ ޝޭޚް އަލް މަކްތޫމަށް ފިއްލަވައިގެން ރޭގަނޑެއްގައި، ދެދަރިން ގޮވައިގެން ދުބާއީ އިން ފުރައިގެން އިންގިރޭސިވިލާތަށް ގޮސްފައެވެ. އޭރުން ފެށިގެން ޕްރިންސަސް އާއި ދެދަރި އަނބުރާ ގެނައުމަށް ކޯޓުގައި އެދިގެން މައްސަލަ ދަނި ހިނގަމުންނެވެ. ނަމަވެސް ޕްރިންސަސް ޙަޔާ ބޭނުންވަނީ ވަރިވާށެވެ. ޝޭޚް އަލް މަކްތޫންގެ ގެ 6 ވަނަ އަނބިކަބަލުން ޕްރިންސަސް ޙަޔާއަކީ އުރުދުންގެ ރަސްގެފާނު ޢަބްދުﷲ 2 ގެ އެއްބަފާ ކޮއްކޮއެކެވެ.

ހިނގަމުންދާ މައްސަލާގައި ދެފަރާތުންވެސް އެދި ލައްވާފައިވަނީ، މީޑިޔާއަށް ހާމަނުކޮށް ދަރިންގެ ކަންތައް ވީ އެންމެ ސިއްރު ގޮތެއްގައި ނިންމުމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *