ފާއިތުވީ ހަފްތާ ތެރޭގައި ކޮރޯނާ ވައިރަސް ފެތުރެމުން ދާ އަދަދު ބައެއް އެހެން ގައުމުތަކުގައި މިވަނީ އިތުރުވެފައެވެ. އެގޮތުން އެންމެ ގިނަމީހުން މިވައިރަސްއަށް ޕޮޒިޓިވް ވެފައިމިވަނީ ޔޫރަޕާއި މެދުއިރުމަތިންނެވެ. ޗައިނާއިން ވައިރަސް ޖެހޭ މިންވަރު މިވަނި ކުރިއާ އަޅާބަލާފައި މަދުވެފައެވެ.
މިވަގުތު އެންމެ ހަލުވިކަމާއިއެކު މިބަލި ފެތުރެމުންދަނި އިޓަލި އަދި އީރާންގައެވެ. އިޓަލީގައި މިބައްޔަށް ކަށަވަރުވެފައިޥާ 400 މީހުންތިބިއިރު 12 މީހަކު ވަނީ މިވައިރަސްގެ ސަބަބުން މަރުވެފައެވެ.
އަދި އީރާންގައި 141 މީހަކު މިބައްޔަށް ކަށަވަރުވެފައި ވާއިރު 22 މީހަކު މިވަނީ މިވައިރަސްގެ ސަބަބުން މަރުވެފައެވެ.
ވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާތީ ރައްކާތެރި ވުމަށް އަޅާ ފިޔަވަޅުތަށް ވަނީ އިރުތު ކޮށްފައެވެ. އެހެންކަމުން ބައެއް ގައުމުތަކުން ޓްރެވަލް އެޑްވައިސަރީ ނެރުމާއި، ބޯޑަރުތައް ވެސް ވަނީ ބަންދު ކޮށްފައެވެ.
ޗައިނާ ފިޔަވާ މިބަލި މިވަގުތު ފެނިފައިވާކަން ކަށަވަރުވެފައިވާ ގައުމުތަކަކީ، ލުބްނާން، އޮމާން، އިޒްރޭލް، އަފްގާނިސްތާން، ގްރީސް، ޑެންމާރކް، އޮސްޓްރިއާ، އެސްޓޯނިއާ، ރޮމޭނިއާ، ނޯތު މެސެޑޯނިއާ، ޖޯޖިއާ، ޕާކިސްތާން، ނޯވޭ، ސްޕެއިން، ބްރެޒިލް، އަލްޖީރިއާ، ސްވިޒްޒަރލޭންޑް، ކްރޯއޭޝިއާ، ބަހްރެއިން އަދި ކުވެއިތެވެ.