އޮއްޕޮ ކުންފުންޏާއި ގުޅިގެން އުރީދޫއިން އޮއްޕޮގެ ފޯނުތައް ރާއްޖެއަށް ތައާރަފް ކޮށްފިއެވެ.

އުރީދޫއިން ތައާރަފް ކުރި އޮޕޯ ބްރޭންޑުގެ ސްމާރޓްފޯން ތެރޭގައި ހިމެނެނީ، އޮޕޯ:ރެނޯ 2 އެފް، އޮޕޯ އޭ 1 ކޭ އަދި އޮޕީ އޭ 5 އެވެ. މިފޯން ބައްލަވައިގަންނަވާ ފަރާތްތަކަށް ހިލޭ ޑޭޓާ އެލަވަންސް އެއްވެސް ލިބޭނެކަމަށް މައުލޫމާތު ލިބެއެވެ.

ފޯނުތައް ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް ހާއްސަ ޕްލޭންތަކެއް ވެސްވަނީ ތައާރަފު ކޮށްފަ އެވެ. އެގޮތުން އެ ކުންފުނިން ގަންނަ ކޮންމެ ރެނޯ 2 އެފްް ފޯނަކާއި އެކު ސޯޝަލް މީޑިއާ އަށް ހާއްސަ 2 ޖީބީ ޑޭޓާ އާއި ޖޭބީއެލް ޓިއުން 115 ބީޓީގެ ވަޔަލެސް ހެޑްސެޓެއް ހިލޭ ލިބޭނެ އެވެ. އަދި ކޮންމެ އޮޕޯ އޭ 1 ކޭ އަދި އޮޕޯ އޭ 5 2020 ފޯނަކާ އެކު ސޯޝަލް މީޑިއާއަށް ހާއްސަ އެއް ޖީބީ ޑޭޓާ ހިލޭ ލިބޭނެ އެވެ.

އިންސްޓޯލްމަންޓަށް ފޯނު ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫން ވަނީ އެ ފުރުސަތު ހުޅުވާލައިފަ އެވެ. 

ހަ މަހުގެ މުއްދަތަށް ބަހާލައިގެން ފައިސާ ދެއްކޭގޮތަށް ހަދާފައިވާ މި ޕްލޭނުގައި ކޮންމެ މަހަކު އެންމެ ކުޑަ އަދަދެއްގެ ގޮތުގައި 333ރ. ދައްކަން ޖެހޭނެ އެވެ. 

ފުލް ޕޭމަންޓް ޕްލޭނާ އެއްގޮތަށް، އިންސްޓޯލްމަންޓް ޕްލޭންގެ ދަށުން ފޯނު ގަންނަ ފުރަތަމަ 50 ކަސްޓަމަރުންނަށް ވެސް ހިލޭ ޑޭޓާ އަދި ރެނޯ ސީރީސްގެ ފޯނާ އެކު ޖޭބީއެލް ޓިއުން 115ބީޓީ ގެ ވަޔާލެސް ހެޑްސެޓް ލިބޭނެ އެވެ.

އޮޕޯގެ މި ފޯނުތައް އުރީދޫގެ ފިހާރަތަކުންނާއި އީ- ކޮމާސް ޕްލެޓްފޯމް "މޫލީ" އިން މިހާރު އޯޑަރު ކުރެވޭނެ އެވެ.

އޮޕޯ ފޯނަކީ ސްމާރޓް ފޯނުގެ ބާޒާރުގައި ފާހަގަ ކޮށްލެވޭ ފޯނެކެވެ. ހާއްސަކޮށް މޮބައިލް ބޭނުންކޮށްގެން ފޮޓޯ ނަންގަވާ ބޭފުޅުންނަށް ކޮލިޓީ ކެމެރާއެއް ހިމެނިފައިވާ އުފެއްދުމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *