ގޭގައި މަނީ ޕްލާންޓް ހެއްދުމަކީ މާ އުނދަގޫކަމެއްނޫނެވެ. މާބޮޑު އަޅާލުމެއް ބޭނުންނުވާ މިގަހަކީ ގޭތެރެ ޒީނަތްތެރި ކޮށްލުމަށް ފަސޭހައިން ފެނުގައި އަދި ވެލީގައިވެސް ހައްދާލެވޭ ބަލާލަން ރީތި ގަހެކެވެ.

އާންމުގޮތެއްގައި ގޭތެރެ، އޮފީސް ފިޙާރަ ފަދަ ތަންތަން ޒީނަތްތެރި ކުރުމަށް ބޭނުންކުރާ މަނީ ޕްލާންޓަކީ ވެލަަށް ދެމޭ ގަހެކެވެ. ހުދު، މަޑު ރީނދޫ އަދި ފެހިކުލަ ހުންނަ ފަތްތަކެއް އެކުލެވޭ މަނީ ޕްލާންޓަކީ ގަސްއިންދަން ބޭނުންކުރާ ޖެލީގައިވެސް ހައްދާލެވޭ ގަހެކެވެ. 

ބައެެއްހޯދުންތަކުން ދައްކާގޮތުގައި ގޭތެރޭ މާހައުލުގެ ވައި ސައިފުކުރުމަށްވެސް މަނީ ޕްލާންޓް އެހީ ތެރި ވެދެއެވެ.

މަނީ ޕްލާންޓަށްކިއާ ސައިންޓިފިކް ނަމަކީ "އެޕަޕްރެމްނަމް އޯރިއަމް" އެވެ. މީގެ އިތުރުން މި ގަހަށް އާންމުކޮށް ކިޔާ ނަންނަމުގެ ތެރޭގައި " ޕޮތޯސް" "ސިލްވަރ ވައިން" "ޑެވިލްސް ވައިން" ހަންޓަރސް ރޯބް" އަދި " ސޮލޮމަން އަައިލެންޑްސް އައިވީ" ވެސް ކިޔާ އުޅެއެވެ.

މަނީ ޕްލާންޓް އިންދުމަށް ގަހުން ކުރިކޮޅެއް ކަނޑައިގެން އިންދިދާނެއެވެ. ކުރިކޮޅު ކަނޑާއިރު ކޮންމެސް ވަރަކަށް ގަހުގެ ވަކި ހިމެނޭ ކުރިކޮޅެއް ކަނޑާލުން މުހިންމެވެ. ކުރިކޮޅުފެނަށް ޖަހައިގެން ނުވަތަ ވެލީގަ އިންދައިގެންވެސް މޫލެއްވިދާނެއެވެ. ނަމަވެސް ފެނަށް ޖެހުމުން މޫފައިބާލެއް އަވަސްވެއެވެ. އާންމުގޮތެއްގައި 2 ހަފްތާތެރޭގައި މަނީ ޕްލާންޓުން މޫފައިބާނެއެވެ. ފެނުގައި ބަހަށްޓައިގެން މޫފޭބުމުންވެސް ވެލީގައި އިންދިދާނެއެވެ.

"ދަ ލިވިންގ ޕިރަމިޑް" މި ސްޓައިލައަށް މަނީ ޕްލާންޓް އިންދުމަށް 12 އިންޗި ހުންނަވަރުގެ ޕޮޓަަކަށް ވެލި އެޅުމަށްފަހު ޕޮޓިގެ މެދުގައި ދަނޑިގަނޑެއް ރަނގަޅަށް ހަރުލާވަރަށް ބާރުކޮށް ހަރުކޮށްލާށެވެ. މިގޮތަށް އިންދާއިރު މަނީ ޕްލާންޓްގެ ދެ ކުރިކޮޅު ބޭނުންކުރުމުން ގަސް ހެދޭއިރު ގަސް ރީތިވެފަ ބޮޑުކަމަށް ދައްކާނެއެވެ. ޕޮޓުގެ ދެފަރާތުގައި ދެކުރިކޮޅު އިންދާށެވެ.

މަނީ ޕްލާންޓް ހެދެމުން ދާއިރުގަ މާގަދަ އަވި ދީފިނަމަ ގަސް އަނދާގޮތް ދިމާވާނެއެވެ. އެހެންކަމުން ކުޑަކޮށް ހިޔާއޮންނަ ތަނެއްގައި ޕޮޓު ބަހަށްޓައިގެން ގަސް ހައްދަން މަސައްކަތް ކުރާށެވެ. ގޭގެ އެތެރޭގައި ބަހަށްޓަން ތައްޔާރުކުރާ ގަހެއް ކަމުގައި ވިޔަސް ފުރަތަމަ ބޭރުގައި ބަހައްޓައިގެން ހެއްދުމުން ގަސް ރީތިކޮށް ހެދިގަންނާނެއެވެ.

މަނީ ޕްލާންޓަކީ ވަރަށް ފެންބޭނުންވާ ގަހެކެވެ. ވެލިގަނޑުހިކިފައި ނުހުންނަވަރަށް އަދި ވެލިގަނޑުމާބޮޑަށް ޗަކަ ނުވާވަރަށް މަނީ ޕްލާންޓަަށް ފެންދެމުން ގެންދާށެވެ. މަނީ ޕްލާންޓަކީ ވާރޭވެހޭ މޫސުމަށް ވަރަށް ރީތިކޮށްހެދޭ ގަހެކެވެ. މަނީ ޕްލާންޓް ގަސް ވެޔޮދެމި ހެދެން ފެށުމުން ކުރިން ޖަހާފައިވާ ދަނޑިބުރީގައި ވެޔޮގަނޑު އެއްސިދާނެއެވެ. އައްސާއިރު އާދައިގެވަރަކަށް މާ ބާރު ނުކޮށް އެއްސުމަށް ސަމާލުކަން ދެއްވަން ވާނެއެވެ.  މިގޮތަށް ވެޔޮގަނޑު ހެދެމުންދާވަރަކަށް އައްސަމުން ބޭނުން ޑިޒައިނަކަށް ދަނޑީބުރީގައި ގަސް އޮޅުވަމުން މަނީ ޕްލާންޓް ހެއްދިދާނެއެވެ.

ރާއްޖެއިންވެސް ފަސޭހައިން ލިބެންހުންނަ، މިގަސް ބޭނުންކޮސްގެން ގޭތެރި ޒީނަތްތެރި ކުރުމުން ގޭތެރެއަށް ހިތްހަމަޖެހުން ގެނެސްދޭ ގަހެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *