އިޓަލީގެ ކެޕްރީ ގެ އެންމެ މައްޝޫރު އަދި އެންމެ މީރު ކާއެއްޗެހި ހުންނަ ރެސްޓޯރެންޓަކީ ޑަ ޕައުލިނޯ ނަމަކަށް ކިއާ ރެސްޓޯރެންޓް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.
ކެޕްރީގެ މީރުވަސް އެކުލެވިގެންވާ ހިތްގައިމު ލިނބޯ ގަސްތަކުގެ ދަށުގައި ހަދާފައިވާ މި ރެސްޓޯރެންޓަކީ ގިނަބައެއްގެ ތަރުހީބު ލިބެމުންއަންނަ ރެސްޓޯރެންޓެކެވެ.
ޓޮމް ކްރޫޒް، މިމި ރޮޖަރސް،ޖޯން ބެލޫޝީ، ޖޯޖް ހެމިލްޓަން ފަދަ މައްޝޫރު ތަރިން ވެސް މިތަނަސް ޒިޔާރަތް ކުރެއެވެ.
ޑި މާރޓިނޯ އާއިލާއިން މި ރެސްޓޯރެންޓް ހިންގާތާ ގަރުނުތަކެއް ވެއްޖެއެވެ. ތަފާތު ސީފުޑްގެ އެކި ބާވަތްތަކާ ޕާސްތާ އަދި ފިހުނުމަހުގެ އެކި ވައްތަރު ލިބެން ހުންނަ މި ރެސްޓޯރަންޓްގެ ކާއެއްޗެހީގެ ރަހަޔަށް ދުވަހަކުވެސް ބަދަލެއް އައިސްފާ ނުވާކަމަށް މިތަނަށްދާ ގިނަމީހުން ބުނެއެވެ.
މި ރެސްޓޯރެންޓުގައި ގާތްގަނޑަކަށް 130 ވަރަކަށް ލިނބޯގަސް ހުރެއެވެ. މޭޒުތައް ބެހެއްޓިފައި ހުނަނީ ލިނބޯ ގަސްތަކުގެ ދަށުގައެވެ. ލިބޮލުގެ ވަހުން މުޅި ރެސްޓޯރެންޓް ތެރޭގައި ހުންނަނީ މީރުވަސް ހިފާފައެވެ. މިރެސްޓޯރެންޓަކީ ކައިވެނި ހަފްލާތަކާ އެހެނިހެން ހަފްލާތައްވެސް ބާއްވާ އުޅޭ ރެސްޓޯރެންޓެކެވެ.
އަޅުގަނޑުމެން ދިވެހީންގެ ތެރޭގައިވެސް އިޓަލީ ފަދަ ގައުމުތަކަށް ދަތުރުކުރައްވާ ބޭފުޅުން ގިނައެވެ. އެހެންކަމުން ހަމަގައިމުވެސް މިރެސްޓޯރެންޓަކީ އަޖުމަ ބަލާލުން ރަނގަޅު ރެސްޓޯރެންޓެކެވެ.