Covid-19 Vaccine Ahmed Naseem
މިއަދު ފެށި ވެކްސިން ޕްރޮގްރާމްގައި، ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވެކްސިން ޖައްސަވަނީ

ދަތުރުފަތުރު ކުރުމަށްޓަކައި ފަސޭހަ ގޮތެއް މަގުފަހިކޮށްދިނުމަށްޓަކައި ރާއްޖެއަށް ވެކްސިން ޕާސްޕޯޓް ތައާރަފް ކުރުމަށް ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ދިވެހި ރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައިވެސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށްފަހު ދަތުރުފަތުރު ކުރުމުގައި ދަތިތަކެއް ހުރެގެން ނުވާނެ ކަމަށެވެ. އެގޮތުން ވެކްސިން ޕާސްޕޯޓެއް ތައާރަފްކުރުމުގެ މަޝްވަރާތައް މިހާރު ވެސް ކުރެވެމުންދާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ޕާސްޕޯޓާއި އެކު ރާއްޖެއިން ބޭރަށާއި، ރާއްޖޭގައި ވެސް ދަތުރުކުރުމަށް ލުޔެއް ލިބޭނެ ކަމަށެވެ.

ރާއްޖޭގައި ވެކްސިން ޖަހަން ފެށީ މިދިޔަ ފެބްރުއަރީ މަހުއެވެ. މިހާތަނަށް ރާއްޖެއިން 145،768 މީހުން ވެކްސިން ޖަހާފައިވެއެވެ. އޭގެ ތެރެއިން 87،045 މީހުންނަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނެވެ. އަތޮޅު ތެރެއިން މިހާތަނަށް 58،723 މީހުން ވަނީ ވެކްސިން ޖަހާފައެވެ.

0
0
0
2
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *