1961 ވަނަ އަހަރު މައްޝޫރު ލަވަކިއުންތެރިއާ އެލްވިސް ޕްރެސްލީ ގާއިމުކޯސްފައިވާ ރެކޯޑެއް ، ޖަސްޓިން ބީބާ މުގުރާލައިފިއެވެ.
ބިލްބޯޑުގެ ހޮޓް 200 ޗާރޓަށް އެއްވަނައިގެ 7 އަލްބަމް ގެނެސްދިން އެންމެ ޒުވާން ފަންނާނުންނަކީ އެލްވިސް އަދި ބީބާ އެވެ.
މިދިޔަ އާދިއްތަ ދުވަހު އުމުރުން 25 އަހަރުގެ ޖަސްޓިން މިވަނީ އޭނާގެ އަލްބަމް "ޗޭންޖަސް" އެއްވަނައިގައި އޮތުމުގެ ސަބަބުން މީގެ 6 ގަރުނު ކުރިން އެލްވިސް ގާއިމްކުރި ރެކޯރޑް ހާސިލް ކޮށްފައެވެ.
ބީބާ ވަނީ ޓްވީޓަރ މެދުވެރިކޮށް އޭނާ މިކަމަށް ޝުކުރުވެރިވާކަން ހާމަކޮށްފައެވެ.
އެލްވިސް މި ރެކޯޑް ގާއިމު ކުރީ އޭނާގެ އަލްބަމް " ބްލޫ ހަވާއީ" ނެވެ.
ބީބާގެ ޗޭންޖަރސް އަލްބަމް ރިލީޒްކުރީ ލޯބިވެރިންގެ ދުވަހުއެވެ. މިއީ ބީބާ ނެރުނު ސްޓޫޑިއޯ އަލްބަމްތަކުގެ ތެރެއިން އެއްވަނައިގައި ހިމެނިގެންދިޔަ 5 ވަނަ އަލްބަމްއެވެ. މީގެ އިތުރުން ބީބާގެ 2 ރިމިކްސް އަލްބަމްވެސް ވަނީ އެއްވަނައިގައި ހިމެނިފައެވެ.