ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އޮފިސަރުންގެ ޔުނީފޯމުގައި ބޮޑީ ވޯން ކެމެރާ (ބީޑަބްލިއުސީ) ހަރުކޮށް، އޭގެ ނަތީޖާ އަށް ބެލުމަށް ފަހު ފުޅާ ދާއިރާއެއްގައި މިކަން ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.

ހަމީދު ވިދާޅުވެފައިވާ ގޮތުގައި ފުލުހުންގެ އަމަލުތަކާ މެދު އާންމުން ކުރާ ޝަކުވާތައް މަދުކުރުމަށާއި ފުލުހުންނާ މެދު ރައްޔިތުންގެ އިތުބާރު އިތުރުކުރުމަށް، އަދި ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން ބީޑަބްލިއުސީ އަކީ ރަނގަޅު ވަސީލަތެއް ކަމުގެ ހެއްކެއް ކަމަށެވެ.

ބޮޑީ ވޯން ކެމެރާ އަކީ އެހެން ގައުމުތަކުގެ ފުލުސް އޮފިސަރުންވެސް ބޭނުންކުރަމުން އަންނަ ވަސީލަތެއް ކަމަށާއި އެފަދަ ކެމެރާ ބޭނުން ކުރުމުން ފުލުހުންނާއި އާންމުންނާ ދެމެދު އޮންނަ ގުޅުން ރަނގަޅުވާ ކަމަށްދައްކާ ކަމުގައި ހަމިދު ވަނީ ވިދާޅުވެފައެވެ.

މައިގަނޑު ހަތް ތީމަކަށް ބަހަލައިގެން ހަ ކަމަކަށް އިސްކަން ދީގެން ފުލުހުންނާ މެދު އިތުބާރު އުފައްދައި ފުލުހުންގެ ހިދުމަތް ތަރައްގީކުރުމަށް 2024ގެ ނިޔަލަށް ފުލުހުންގެ މުއައްސަސާގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތުގެ ސްޓްރެޓީޖިކް ޕްލޭނެއް މިދިޔަ އަހަރު ވަނީ އިފްތިތާހުކޮށްތަންފީޒުކުރަން ފަށައިފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.