އެމްޑީޕީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު މިއަދު މަޖިލީހަށް ވަޑައިންނެވީ ބައިސްކަލުގައެވެ.

މެމްބަރު ހަސަން ލަތީފު ބައިސްކަލުގައި މަޖިލީހަށް ވަޑައިގަންނަވާ ވީޑިއޯ އެއް މިއަދުވަނީ ސޯޝަލް މީޑިއާގައު އާންމުވެފައެެވެ.

އެ ވީޑިއޯގައި ހަސަން ވިދާޅުވެފައިވަނީ އެއީ  ވަރަށް ރަނގަޅު ބަދަލެއްކަމަށާއި ކަސްރަތު ލިބި  ތިމާވެއްޓަށް ވެސް ރަނގަޅު ބަދަލެއްކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މިކަހަލަ ކަމެއްފައްޓަވައިދިނަމަ މެމްބަރުންގެ ސިފައަށް ވެސް ބަދަލުއަންނާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. 

މިއީ ފަހުގެ ތާރީހެއްގައި މަޖިލީހުގެ މެމްބަރަކު ބައިސްކަލެއްގައި މަޖިލީހަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެެވެ.

މެމްބަރު ހަސަން މިފަދަ ބަދަލެއް ގެނެސްފައިމިވަނީ ރާއްޖޭގައި ތިމަވެށީގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *