ސެމްސަންގ އިލެކްޓްރޯނިކްސް ކޯ ލިމިޓެޑްްގެ ޔޫކޭގެ ވެބްސައިޓަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން 150 ކަސްޓަމަރުންގެ ސިއްރު މައުލޫމާތު އާންމުވެއްޖެއެވެ.

ސައުތު ކޮރެއާގެ ފޯނު އުފެއްދުންތެރިއާ ސެމްސަންގއިން މައުލޫމާތު ދިންގޮތުގައި މިމައްސަލަ ކުރިމަތިވީ ހަމައެކަނި ޔޫކޭގެ ވެބްސައިޓަށް ކަމަށާއި، މައްސަލަ ކުރިމަތި ވެފަވާކަން އެނގުމުން ވެބްސައިޓު ބޭނުންކުރުން ހުއްޓުވާފައިވާނެ ކަމަށާއި މިހާރު މިމައްސަލަވަނީ ހައްލުކުރެވިފައި ކަމަށް ސެމްސަންގ ކުންފުނިން މައުލޫމާތު ދެއެވެ.

ކަސްޓަމަރުންގެ މައުލޫމާތު އާންމުވެފައިވަނީ ކިހާ ވަގުތަކަށް ކަމެއް ކުންފުނިން ހާމަ ކޮށްފައެއް ނުވެއެވެ. މިމައްސަލާގައި އާންމުވެފައިވާ މައުލުމާތުގެ ތެރޭގައި ކަސްޓަމަރުންގެ ނަން، ފޯނުނަންބަރު، ގޭގެ އެޑްރެސް، އީމެއިލް އެޑްރެސްގެ އިތުރުން ކަސްޓަމަރުން ކުރީގައި ދީފައިވާ އޯޑަރުގެ މައުލޫމާތު ހިމެނެއެވެ. ނަމަވެސް އެއްވެސް ކަސްޓަމަރެއްގެ ކްރެޑިޓްކާޑުގެ މައުލޫމާތު އާންމުނުވާ ކަމުގައި ސެމްސަންގ އާއި ހަވާލާދީ ރޮއިޓަރސްއިން ބުނެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ސެމްސަންގ އިންވަނީ ގެލެކްސީ އެސް 10 އަށް ފިންގަރޕްރިންޓް މައްސަލަތަކެއް މެދުވެރިވެގެން ކަސްޓަމަރުން ގާތު މާފަށް އެދިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *