އީރާނަށް ޖާސޫސްކޮށްދީ ގައުމަށް  ޣައްދާރުވީކަން ސާބިތުވެ ސައޫދީ އަރޭބިއާގެ ކްރިމިނަލްކޯޓުން އެގައުމުގެ މީހަކު މެރުމަށާއި 7 މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ. 

ސައުދީގެ އަލް އެހްބަރިއްޔާ ގެ ހަބަރުން އާންމުކޮށްފައިވާގޮތުގައި އެގައުމުގެ ރައްޔިތުންގެ ގޮތުގައި ތިބެ މިމީހުން ވަނީ ގައުމަށް އޮޅުވާލާ އީރާނަށް ޖާސޫސްކޮށްދީފައެވެ.

ޖަލަށް ލާން ހުކުން ކުރެވުނު 7 މީހުން ވަނީ 58 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައެވެ. ހަބަރު ލިބިފައިވާގޮތުގައި އެމީހުން ވަނީ އިރާންގެ އެމްބަސީގައި މަސައްކަތް ކުރާ މީހުންނާއި ގުޅިގެން ސައޫދީގެ ސިއްރު މައުލޫމާތު ފޯރުކޮށްދީފައެވެ.

މަރުގެ ހުކުމް އިއްވާފައިވަނި ސައުދީގެ ސިއްރު މައުލުމާތު ތަކެއް އީރާނުގެ އިންޓެލިޖެންސަށް ހާމަކުރިކަން ޔަގީންވެފައި ވާ މީހަކަށެވެ.

މިދިޔަ އަހަރު ސައުދީއިން ވަނީ ޓެރަރިޒަމާ ގުޅުންހުރި 37 މީހަކު މަރާފައެވެ. އެމީހުންނަކީ އެކި ގައުމަށް ނިސްބަތްވާ ހަރުކަށި ފިކުރުގެ މީހުން ކަމުގައި މައުލޫމާތު ލިބެއެވެ.

މިހާދިސާ ހިނގުމުގެ ކުރިން އީރާނުން ވަނީ މީގެ ހަފްތާއެއްކުރިން ސައުދީގެ ތެޔޮރައްކާ ކުރާ ތަންތަނަށް ހަމަލާވެސް ދީފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *