މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓް (އެމް.ސީ.އައި.) އިން އިންތިޒާމުކޮށްގެން އިއްޔެ ކ.ތުލުސްދޫގައި ކުރިއަށްގެންދިޔަ  ކޮރަލް ފެސްޓިވަލް 2020 ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް،ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މި ފެސްޓިވަލުގެ ތެރެއިން ކުރިއަށްގެންދިޔަ ދެ ޕެނަލް ޑިސްކަޝަނެއް ބައްލަވައިލައްވާފައެވެ. އަދި، ފެސްޓިވަލްގައި ހިމެނޭ ބައެއް ސްޓޯލްތަކަށް ޒިޔާރަތްކުރައްވާ، އެމަނިކުފާނުވަނީ ސްޓޯލްތަކުގައި ބަހައްޓާފައިވާ ރާއްޖޭގެ ސަޤާފަތް ރަމްޒުކޮށްދޭ ބައެއް އުފެއްދުންތައް ބައްލަވައިލައްވާފައެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ފެސްޓިވަލުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، މިނިސްޓަރ އޮފް ޓޫރިޒަމް ޢަލީ ވަޙީދާއި، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުން އަޙްމަދު ނަސީމާއި މުޙައްމަދު ޝިފާޒުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ތިމާވެށީގެ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ޖަމްޢިއްޔާތަކުގެ އިސްވެރީން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ފެސްޓިވަލުގައި، އިންސާނުންގެ ޢަމަލުތަކުގެ ނަތީޖާއެއްގެ ގޮތުން ޖައްވަށް ބޭރުވާ ވިހަ ގޭސްތަކާއި ދުނިޔެ ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން އިންސާނުންގެ ދެމިތިބުމަށް ކުރާ އަސަރުގެ މައްޗަށް އަލިއަޅުވައިލާ ޢިލްމީ ބަހުސްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި ޚާއްޞަގޮތެއްގައި ކަނޑުގެ ފިނިހޫނުމިނަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ މައްޗަށް މި ފެސްޓިވަލުގެ ތެރެއިން ކުރިއަށްގެންދިޔަ މަޝްވަރާތަކުގައި އަލިއަޅުވައިލާފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *