އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މިހާރު ހިނގަމުންދާ ވަރުގަދަ ހަމަނުޖެހުންތަކުގެ ތެރެއިން، ނިއުދިއްލީގެ މިސްކިތެއްގައި ހުޅުޖަހައިފި އެވެ.
އިންޑިއާގައި ދިރިއުޅޭ ބައެއް މުސްލިމުންގެ ރައްޔިތުކަން ގެއްލޭގޮތަށް އެކުލަވާލި ގާނޫނާ ގުޅިގެން އުފެދުނު ހަމަނުޖެހުން ތަކުގެ ސަބަބުން ބޮޑެތި މުޒާހަރާތަކެއްވަނީ ފެށިފައެވެ.މިދިޔަ އާދިއްތަ ދުވަހު މުޒާހަރާތައް އިތުރަށް ހޫނުވީ އެ ގާނޫނަށް ތާއިދުކުރާ ބަޔަކު މުޒާހަރާތައް ކުރާ މީހުންނާ ދެކޮޅަށް ހަމަލާދިނުމުގެ ސަބަބުންނެވެ.
މިސްކިތުގައު ހުޅުޖެހުމަށް ފަަހު މުންނާރަށް އަރައި ހިންދޫންގެ ހަނޫންމާން ކަލާންގެ ޖަހާފައިވާ ދިދައެއް އަރުވާތަން ވެސްވަނީ ސޯޝަލްމީޑިއާގައި ދައުރުވާ ވީޑިއޯގައި ފެނިފައެވެ.
އަލްޖަޒީރާއިން ހާމަކޮށްފައިވާގޮތުގައި ދިއްލީގެ އަޝޯކު ނަގަރު މިސްކިތުގެ ވަަށައިގެން އެތަނަށް އެއްްވި މީހުންތެރެއަިން ބަޔަކު "ޖައި ޝްރީ ރާމް" ކިޔަމުންދާ ކަމަށެވެ."ޖައި ޝްރީ ރާމް" އަކީ ހިންދޫންގެ ރާމް ކަލާނގެއަށް ނިސްބަތްކޮށް ހިންދޫން ކިޔައިއުޅޭ އެއްޗެކެވެ.
އެ ސަރަހައްދުގައި ހުންނަ ހުރޫ ޓެގް ބަހާދުރު ހޮސްޕިޓަލްގެ މެޑިކަލް ސުޕްރިޑެންޓް އަލްޖަޒީރާއަށް ވިދާޅުވީ އެ ހާދިސާގައި 11 މީހުން މަރުވިކަަމަށެވެ.
ނިއު ދިއްލީގައި ކުރިމަތިލުންތައް ހިނގަމުންދާއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުންނެވީ ރަސްމީ ދަތުރެއްގައި އިންޑިއާގައެވެ. ދިއްލީގެ ޗީފް މިނިސްޓަރު އަރުވިންޖު ކެޖްރިވާލް ވަނީ ސުލްހަ މަސަލަސްކަންއިސްކުރުމަށް ގޮވާލައްވައިފައެވެ. އޭނާ އިތުރަށް ވިދާޅުވީ ހަމަނުޖެހުންތައް ކޮންޓްރޯލްކުރަން އެކަށީގެންވާ ވަރާ ގާތަށްވެސް ސިފައިން ނެތް ކަމަށެވެ.