ކޮންމެ އަހަރެއްގެ މާރިޗު 22ވަނަ ދުވަހު ފާހަގަ ކުރަމުން އަންނަ ދުނިޔޭގެ ފެނުގެ ދުވަހުގެ މުނާސަބަތުގައި އެންވާރަމަންޓް މިނިސްޓްރީއިން "ވޯޓަރ ރަން" ގެ ނަމުގައި ހާއްސަ ދުވުމެއް ބާއްވަން ނިންމައިފިއެވެ.
އެންވަރަމަންޓް މިނިސްޓްރީން މައުލޫމާތު ދެއްވާފައިވާގޮތުގައި މިދުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސާލިހުއަށް ވަނީ ދައުވަތު އަރުވާފައެވެ.
މިދުވުން ބާއްވަނީ 5000 މީހުން ބައިވެރިވުމަށް އަމާޒުކޮށްގެންނެވެ.
ދުވުން ބާއްވަން ހަމަޖެހިފައިވަނީ އަންނަ މާރިޗު މަހުގެ 28ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މިދުވުމުގައި މާލެ ހުޅުމާލެ އަދި ވިލިމާލޭ ސްކޫލްތަކުގެ ގްރޭޑް 1ން ފެށިގެން 12 އާއި ހަމައަށް ކިޔަވަމުން އަންނަ ދަރިވަރުން ބައިވެރިވާނެއެވެ.
މިީގެއިތުރުން މިދުވުމަކީ އާންމުންނަށްވެސް ބައިވެރިވެވޭގޮތަށް ފުރުސަތު ހުޅުވާލެވިފައިވާ ދުވުމެކެވެ.