ދިވެހިރާއްޖޭގެ ފުރަތަމަ ސައިން ލެންގުއޭޖް ހޮޓްލައިން އުރީދޫ އިން މިއަދު ގާއިމުކޮށްފިއެވެ. އަޑުއިވުމާ ވާހަކަ ދެކުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކޮށްގެން ގާއިމު ކުރެވުނު މި ހޮޓްލައިން އަކީ މިފަދަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ މައްސަލަތައް ހައްލު ކޮށްދިނުމުގެ ބޭނުމުގައި ތައްޔާރުކޮށްފައިވާ ކަސްޓަމަރ ކެއަރ ހިދުމަތެކެވެ.

" އެންމެނާއި އެކު އުރީދޫ " މިހިދުމަތަށް އުރީދޫގެ މުވައްޒަފުންނަށް އިޝާރާތުން ވާހަކަ ދެއްކުމަށް ދަސްކޮސްދިނުމަށް އެހީތެރިކަން ފޯރުކޮށްދިން މޯލްޑިވްސް ޑެފް އެސޯސިއޭޝަންއަށް އުރީދުއިން ވަނީ މިއަދު ޝުކުރު އަދާކޮށްފައެވެ. އުރީދޫއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވާގޮތުން އުރީދޫގެ 15 މުވައްޒަފަކުވަނީ އިޝާރާތުން ވާހަކަ ދެއްކުމަށް ޓްރެއިންކޮށްފައެވެ.

އުރީދޫއިން މައުލޫމާތު ދޭގޮތުގައި ވީޑިއޯކޯލްގެ ޒަރީއާއިން ފޯރުކޮށްދެވޭ މިހިދުމަތް ވައިބަރ އަދި ވަޓްސްއެޕް ވީޑިއޯކޯލް އިންލިބިގެންދާނެއެވެ. މީގެއިތުރުން ޑެފްކޮމިއުނިޓީގެ މެމްބަރުންނަށް އުރީދޫގެ "އެކު ޕޯސްޓްޕެއިޑް "ޕެކޭޖު ތަކުން ހިލޭ މިހިދުމަތް ބޭނުން ކުރެވޭނެއެވެ.

އުރީދޫއިން ހާމަ ކޮށްފައިވާގޮތުގައި މިހިދުމަތް ހޯދުމަށް ހެނދުނު 8:30 ހުން ހަވީރު 4:30 ހަށް 9611929 ވީޑިއޯ ކޯލް ކުރެއްވޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *