ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ރައީސްކަމުގެ ތިން ވަނަ ދައުރަކަށް މިހާރު ވެސް އެ މަގާމް ފުރުއްވާ ކުރީގެ ކުޅުންތެރިޔާ މޫސާ ނާޝިދު ރޭ އިންތިހާބުވެވަޑައިގެންފި އެވެ. މިމަގާމަށް މޫސަ އިންތިހާބުވެވަޑައިގަތީ ސަތޭކަ ޕަސަންޓު ވޯޓު ލިބިގެންނެވެ.

އިތުރު ކެންޑިޑޭޓޭއް ނެތުމުން މި އިންތިހާބުގައި ނެގީ ފެންނަ ނުފެންނަ ވޯޓެކެވެ. އެސޯސިއޭޝަންގައި 221 ވޯޓު ހިމެނޭއިރު، ރޭ ވޯޓުގައި ބައިވެރިވީ 194 މީހުން ކަމަށާއި މޫސަ އަށް އިތުރު ދައުރެއް ދޭން ފެންނަ ކަމަށް 194 ވޯޓު ލިބިފައިވެއެވެ. އެސޯސިއޭޝަންގެ ހުރިހާ މަގާމަކަށް ވެސް ރޭ ވޯޓު ނެގިއިރު ފުރިހަމަ އަގުބަލިބިއްޔަތެއް ލިބިލެއްވީ މޫސަ އަށް އެކަންޏެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ނައިބު ރައީސްގެ މަގާމަށް އިންތިހާބުކުރީ މިހާރު ވެސް އެ މަގާމު ފުރުއްވަމުން އަންނަ އަހުމަދު ޝާކިރު މޫސާ އެވެ. އޭނާ އަށް 192 ވޯޓު ލިބުނެވެ. 

ހަޒާންދާރުގެ މަގާމަށް ހޮވުނު މުހައްމަދު ރިޝާން (ކެންޓޭ) އަށް އެމަގާމު ލިބުނީ 192 ވޯޓު ލިބިގެންނެވެ. އެކްސްކޯ ފުރިހަމަ މެމްބަރުކަމަށް ކުރިމަތިލި ހުސެއިން އާތިފާއި އެކްސްކޯގެ އަންހެން މެމްބަރު ކަމަށް ކުރިމަތިލި މުރުޝިދާ އަބްދުލް މަންނާނަށް ލިބުނީ 193 ވޯޓެވެ. އަދި އެސޯސިއޭޓް އެކްސްކޯ މެމްބަރު އަހުމަދު ސިރާޖާއި ފަރުދީ އެކްސްކޯ މެމްބަރުކަމަށް އިންތިހާބުވި ސިޔާދު ހަބީބަށް ލިބުނީ 191 ވޯޓެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ މަސައްކަތްތަށް މުޅި ރާއްޖެ އަށް ފުޅާކޮށްގެން ގެންދިއުމުގެ ވިސްނުމަކީ މޫސަ ދެން އޮތް ދައުރުގައި އެންމެ އިސްކަންދޭނެ އެއް މަސައްކަތެވެ. އެ ގޮތުން މޫސަ ވަނީ މިދިޔަ އަހަރު ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތް ބޭއްވިގެންދިއުމަކީ ރާއްޖޭގެ އެކި ހިސާބުތަކަށް އެކި ފެންވަރުގެ މުބާރާތްތަށް ގެންދިއުމުގެ ފެށުމެއް ކަމަށް ވިދާޅުވެފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *