އިރާނުގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު އެގައުމުގެ ދައުލަތުގެ މީޑިޔާ އަށް ދިން އިންޓަވިއުއެއްގައި އިރާނުގެ ޑެޕިއުޓީ ހެލްތު މިނިސްޓަރު އިރާޖް ހަރިރްޗީ ޕޮޒިޓިވް ވެއްފައިވާކަމަށް ވިދާޅުވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ހަރިރްޗީއަށް މިހާރު އަންނަނީ އެކަހެރިތަނެއްގައި ބަހައްޓައިގެން ފަރުވާދެމުންނެވެ.
ހަރިރްޗީ މަސައްކަތް ކުރަމުން އައިސްފައިވަނީ އެގައުމުގައިކޮރޯނާ ވައިރަހާ ގުޅިގެން އުފައްދާފައިވާ ޓާސްކު ފޯހުގެ އެންމެ އިސްވެރިޔާގެ ގޮތުގައެވެ.
ކޮރޯނާ ވައިރަސް އިރާނުގެ ބައެއް ސަރަހައްދުތަކުގައި ފެތުރިފައިވާއިރު، މި ބައްޔަށް މިހާތަނަށް އެގައުމުން ވަނީ 95 މީހަކު ޕޮޒިޓިވް ވެފައިކަމަށާއި 15 މީހަކު މިބަލީގައި އެގަމުން ވަނީ މަރުވެފައެވެ. އިރާނަކީ ޗައިނާ ފިޔަވައި ދެން އެންމެ ގިނަ މީހުން މި ބަލީގައި މަރުވި ގައުމެވެ.
އެންމެ ފުރަތަމަ ޗައިނާގެ ވުހާންސިޓީއިން ފެނިފައިވަނީ ކޮރޯނާވައިރަސް ދުނިޔޭގެ އެކިކަންކޮޅުތަކަށް ފެތުރެމުން އަންނަކަމުގައި މައުލޫމާތ ލިބެއެވެ.