ކުޅަދާނަ ބަޠަލަ ތާޕްސީ ޕަންނޫ މިދުވަސްކޮޅު އުޅެނީ ވަރަށް ބިޒީކޮށެވެ. އޭނާގެ އެންމެ ފަހުގެ ފިލްމު "ތައްޕަޅް"، ހުކުރު ދުވަހު ރިލީޒްކުރާތީ އެ ފިލްމުގެ ޕްރޮމޯޝަންގެ މަސައްކަތުގައެވެ. ގެހެށި އަނިޔާގެމައްޗަށް ތައްޔާރުކުރި މި ފިލްމު ދެކިލުމަށް ބެލުންތެރިން ތިބީ ކެތްމަދުވެފައެވެ. އަދި ބެލުންތެރިން އުއްމީދު ކުރިވަރުގެ ފުރިހަމަ އެކްޓެއް މި ފިލްމުގައި ދައްކާދެވިފައިވާކަމަށް ޤަބޫލު ކުރާކަމަށް ތާޕްސީ ބުންޏެވެ.
ފިލްމާއި ބެހޭގޮތުން އިތުރަށް ވާހަކަ ދައްކަމުން ތާޕްސީ ބުނީ، ފިލްމަކީ މިހާތަނަށް ފިލްމީ ހަޔާތުގައި އޭނާކުރި އެންމެ ބުރަ މަސައްކަތެވެ. މި ފިލްމަކީ އޭނާއަށް ވަރަށް ޚާއްސަ ފިލްމެއް ކަމަށާއި، ޑިރެކްޓަރަކު ކާރި، ފިލްމެއް ހަދަން ބުނާނެ ނަމަ ބުނާނީ މި މައްސަލައިގެ މައްޗައްކަމަށް ތާޕްސީ ބުންޏެވެ. މި ފިލްމުގައި ތާޕްސީ ކުޅެފައިވާ ބަޔަށް ތައްޔާރުވާން ބުރަ މަސައްކަތްތަކެއް ކުރިކަމަށާއި، ފިލްމު ނިމިގެން 30 ދުވަސް ވީ އިރުވެސް ހީވަނީ ފިލްމުގައި އަދާކުރި ކެރެކްޓަރގައި ހުރެވޭހެން ކަމަށް ތާޕްސީ ހާމަކުރިއެވެ.
މި ފިލްމުގައި މުހިއްމު ރޯލުތައް އަދާކުރި އެހެން ފަންނާނުންގެ ތެރޭގައި، ޕަވައިލް ގުލާޓީ، ދިއާ މިރްޒާ، ރަތުނާ ޕަޓަކް ޝާހު، ތަންވީ އަޒްމީ، ކުމޫދު މިޝްރާ އަދި މާނަވް ކައުލް ހިމެނެއެވެ.