7 އަހަރު ފަހުން އަކްޝޭ ކުމާރު އޭކްތާގެ ފިލްމަކުން ފެންނަން ތައްޔާރުވެއްޖެއެވެ. އެންމެފަހުން "ގުޑް ނިއުޒް" އިން ފެނިގެން ދިޔަ އަކްޝޭ، އެކްތާ އާއިއެކު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އެކްޝަން-ކޮމެޑީ ފިލްމެއްގައެވެ. އަކްޝޭ މިހާރު ކުޅެމުންދާ ފިލްމުތަކަކީ "ލަކްޝްމީ ބޮމް" އަދި ޕްރިތުވީ ޗައުހާން" އެވެ.

އެކްޝޭ އެންމެފަހުން އޭކްތާގެ ފިލްމަކުން ފެނިފައިވަނީ މީގެ 7 އަހަރު ކުރިން "ވަންސް އަޕޮން އަ ޓައިމް އިން މުމްބާއި ދޮބާރާ" އިންނެވެ. މި ފިލްމުގެ ޝޫޓިން ފެށުމަށް ރޭވިފައިވަނީ މިއަހަރު ނިމޭ ހިސާބުގައެވެ. ނަމަވެސް ފިލްމުގައި ހިމަނަން ބޭނުންވާ ބައެއްކަންކަމުގައި މި ދެމީހުން މަޝްވަރާކުރާތާ ދެތިން މަހެއް ވެއްޖެއެވެ.

ފިލްމުގެ ސްކްރިޕްޓްވެސް މިހާރު ނިމުމަކާއި ގާތަށް ހިނގައްޖެއެވެ. އަކްޝޭ ސްކްރިޕްޓް ކިއުމަށްފަހު އޭނާގެ ތާރީޚްތައް ދިނުމުން ޝޫޓިން ފަށާގޮތަށް އެކީ އެކައްޗަކަށް ނިންމާލާނެއެވެ. ފިލްމު ޑައިރެކްޓްކުރަން ހަމަޖެހިފައިވަނީ އާ ޑައިރެކްޓަރަކު ލައްވައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *