މިރޭގެ ޖަލްސާގައި މުއިއްޒު ވާހަކަ ދައްކަވަނީ/ ފޮޓޯ:ޕީޕީއެމް

މާލޭ މޭޔަރުކަމަށް ވާދަކުރައްވަނީ ''ސަމާސާ'' ކުރައްވަން ނޫން ކަމަށާއި ހުންނެވި ނުގުޑާ ފަދަ ވަރުގަދަ އަޒުމެއްގައި ކަމަށް މާލޭ ސިޓީގެ މޭޔަރު ކަމަށް އިދިކޮޅުން ވާދަކުރައްވާ ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ޕްރޮގްރެސިވް ކޯލިޝަންގެ ކެމްޕޭނު ރީލޯންޗިންގ ހަފްލާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ގެދޮރުވެރިކަމުގެ މައްސަލަ ކަމަށެވެ.

މޭޔަރުކަމަށް ދެން ކުރިމަތިލައްވާފައިވާ ތިއްބެވި ކެންޑިޑޭޓުންގެ އަމާޒަކީވެސް މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދައި ދިނުން ކަމަށްވާއިރު، މޭޔަރުކަމަށް ހޮވިވަޑައިގަންނަވައިފިނަމަ ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި މާލޭގައި ކުރިޔަށް ގެންދެވެން ހުރި މަޝްރޫއުތައް ސަރުކާރަށް ހިއްސާކުރައްވައި ބޯހިޔާވަހިކަމަށް ހައްލެއް ހޯދައި ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، އޭނާގެ އަޒުމަކީ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް ހޯދައިދިނުން ކަމަށާއި، މަސައްކަތް ކުރައްވާނީ އެ އަޒުމުގައި ކަމަށެވެ.

އަދި މަސައްކަތް ކުރައްވާނީ ވަކި ފިކުރަކަށް ބެލުމެއްނެތި ހުރިހާ އެންމެންނާވެސް ގުޅިގެންކަން މުއިއްޒު ފާހަގަކުރެއްވި އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރު ކަމަށް މުއިއްޒުގެ އިތުރުން ދެން ވާދަކުރައްވަނީ ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރާއި، އަމިއްލަ ގޮތުން ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *