ގއ. ގެމަނަފުށި އަދި ށ. މިލަންދޫގައި އޮފީސް އިމާރާތެއް އަޅަން ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ދެކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ގއ. ގެމަނަފުށީގައި އަލަށް އިމާރާތްކުރާ އޮފީސް އިމާރާތުގެ އެއްބަސްވުމުގައި ސޮއިކޮށްފާވަނީ އަފަމި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ފެނަކަ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުންނެވެ.

މިއެއްބަސްވުމުގައ ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދެވެ. އަދި އަފަމި މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަމީން މުހައްމަދެވެ. މިމަޝްރޫއުގެ އެއްބަސްވުމުގައި ވާގޮތުން 120 ދުވަހުގެ ތެރޭ މަސައްކަތް ނިންމަންޖެހެއެވެ. ގެމަނަފުށީގެ އޮފީސް އިމާރާތް އެއްކޮށް ނިންމަން 1.98 މިލިއަން ރުފިޔާ ހަރަދުވާނޭކަމަށް ބެލެވެއެވެ.

މީގެ އިތުރުން ށ.މިލަންދޫ ގައި އަލަށް އިމާރާތްކުރާ އޮފީސް އިމާރާތުގެ އެއްބަސްވުުގައި ވެސްވަނީ ވެހިކޮން ބިލްޑާސް ޕްރައިވެޓް ލިމިޓެޑާއި ފެނަކައާއި ދެމެދު ސޮއިކޮށްފައެވެ. ށ. މިލަންދޫގައި އިމާރާތްކުރާ ފެނަކައިގެ އޮފީސް އިމާރާތަށް 9.58 މިލިއަން ރުފިޔާ ހަރަދުވާއިރު، މިމަސައްކަތް 305 ދުވަހުގެ ތެރޭގައި މިމަސައްކަތް ނިންމުމަށް ވަނީ އެއްބަސްވެފައެވެ.



0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.