އުމުރުން 48 އަހަރުގެ ޔުކްރެއިން ފިރިހެން ފަތުރުވެރިއެއް ކ. ރިހިވެލި ރިސޯޓް ކައިރިއަށް ސްނޯކްލިން އަށް ގޮސް އުޅުމުގެތެރޭގައި ފިޓް ޖެހިގެން މަރުވެއްޖެ އެވެ.

މިމީހާ ވަނީ ކ. ގުރައިދޫ ހެލްތު ސެންޓަރަށް ގެންދެވިފަކަމަށާއި،  ގެންދިޔަ އިރުވެސް ވަނީ މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ. ޑޮކްޓަރުން މައުލޫމާތު ދިން ގޮތުގައި މަރުވީ ފިޓު ޖެހިގެން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އަންނަނީ މިހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ. ސްނޯރކްލިންއަށް ގޮސްއުޅޭ ފަތުރުވެރިން މަރުވުމުގެ ހާދިސާތަށް މަދުކުރުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީއިން އަންނަނީ ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަނުގެ ސަލާމާތީ ކަންކަން ހުރިނެތްގޮތް ބެލުމުގެ ބޭނުމުގައި އިންސްޕެކްޝަންތަކެއް ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *