ޚަބަރު
ލ.ކައްދޫގައި އިންޑިޔާގެ 24 ސިފައިން!

ލ.ކައްދޫގައި އިންޑިޔާގެ 25 ސިފައިން އެބަތިބިކަމަށް ސަރުކާރުން ކަށަވަރު ކޮށްދެއްވައިފިއެވެ.

މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ހާމަކުރެއްވީ ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލްއެވެ. ފިރުޒުލް ވިދާޅުވީ އެ ސިފައިން ހަރަކާތްތެރިވަނީ އިންޑިއާ އިން ރާއްޖެއަށް ހަދިޔާ ކުރި ދެ ހެލިކޮޕްޓަރާއި، ޑޯނިއާ ދުއްވުމަށާއި، މެއިންޓެނެންސް އަދި އިންޖިނިއަރިން މަސައްކަތުގައި ކަމަށެވެ.

“މިހައިތަނަށް އަޅުގަނޑުމެންނަށް އެއްކުރެވިފައިވާ މަޢުލޫމާތަށް ބަލާއިރު، އިންޑިއާ ސިފައިންގެ 77 ސިފައިން ރާއްޖޭގައި ޤާއިމުވެ ތިބިކަން އަޅުގަނޑު ފާހަގަކުރަން ބޭނުން. މީގެތެރޭގައި އެއް ހެލިކޮޕްޓަރު ދުއްވަމަށް، 24 ސިފައިން، ޑޯނިއަރ މަތިންދާ ބޯޓު ދުއްވުމަށް 25 ސިފައިން، އަދި ދެވަނަ ހެލިކޮޕްޓަރެއް ދުއްވުމަށް 26 ސިފައިން.” ފިރުޒުލް ވިދާޅުވިއެވެ.

މި އަދަދުތަކުގެ އިތުރަށް މެއިންޓެނެންްސް އަދި އިންޖިނިއަރިން މަސައްކަތްތަކުގައި ދެ ސިފައިން ހަރަކާތްތެރިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދެއްވުމަށް އެދި ދިވެހި ސަރުކާރުން ރަސްމީ ގޮތުން އިންޑިއާ ސަރުކާރުގައި ރަސްމީކޮށް އެދިވަޑައިގެންފައިވެއެވެ.

މިކަމަށް އެދިވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާގެ މިނިސްޓަރ އޮފް އަރތް ސައިންސެސް، މިސްޓަރ ކިރެން ރިޖިޖޫ އާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top