ކޮންމެ އަހަރެއްގެ ވެސް މާޗުން ޖުލައި މަހާ ހަމައަށް އަންނަ ހޫނު މޫސުމުގައި ރާއްޖޭގެ ގިނަ ގެތަކުގެ ކަރަންޓު ބިލް ބޮޑުވާމައްސަލައަށް ހައްލެއް ހޯދުމަށް ހޫނު މޫސުމުގައި ކަރަންޓު ބިލަށް އަރާ މިންވަރު ކުޑަކުރަން "ސޭވް އެނާޖީ" ގެ ނަމުގައި ސްޓެލްކޯއިން ކެމްޕޭނެއް ފަށައިފި އެވެ.

ސްޓެލްކޯއިން މައުލޫމާތު ދީފައިވާގޮތުގައި މި ދުވަސްވަރު ކަރަންޓް ބިލް ކުޑަކުރެވޭނެ ގޮތްތަކުގެ މައުލޫމާތު ފޯރުކޮށްދޭނެކަމަށާއި، ޖުލައި މަހާ ހަމައަށް ސްޓެލްކޯއިން ޓީވީ އިންޓަވިއުތަކާއި ސްކޫލްތަކުގައި މައުލޫމާތު ދިނުމުގެ ސެޝަންތަކާއި ހޭލުންތެރިކުރުމުގެ ވީޑިއޯތަކާއި ޕެނަލް ޑިސްކަޝަންތައް ކުރިއަށް ގެންދާނެއެވެ.

ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވެގެން ބިލް ބޮޑުވުމުން އާންމުންގެ ފާޑުކިއުން އާންމުގޮތެއްގައި އަމާޒުވަނީ ސްޓެލްކޯ އަށްކަމަށްވެފައި، މިކެމްޕޭންގެ ތެރޭގައި އާއްމުންގެ ފަރާތުން ލިބޭ ޝަކުވާތަކަށް ވެސް ސްޓެލްކޯއިން ޖަވާބުދާރީ ވާނެ އެވެ.

"ވަރަށް ގިނަ މީހުން ބުނޭ ތިމަންނާމެން އަބަދުވެސް ބޭނުން ކުރާ އެޕްލައަންސޭ ބޭނުން ކުރަނީ. އެކަމަކު ވެސް ބިލު ބޮޑުވަނީއޭ، އެކަމަކު މޫސުމަށް އަންނަ ބަދަލާ އެކު އެފަދަ ތަކެތި މަސައްކަތް ކުރާ ގޮތަށް ބަދަލު އެބަ އާދޭ. މީގެ ސަބަބުން އެއިން ކަރަންޓް ބޭނުން ކުރާ ވަރު އިތުރު އެބަ ވޭ. މި ކަންތައްތަކަށް މީހުން ހޭލުންތެރިކުރުވަން އަޅުގަނޑުމެން ބޭނުންވަނީ.""ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވިއެވެ.

ސްޓެލްކޯގެ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރު އަލީ މުޖުތަބާ މުހައްމަދު ވިދާޅުވެފައިވަނީ ސްޓެލްކޯއިން ބޭނުންވަނީ މިފަހަރު ޕްރޮއެކްޓިވްލީ ކަސްޓަމަރުންނަށް މިވާ ގޮތް ކިޔައިދީ ކަސްޓަމަރުންގެ ފަރާތުން ކޮން ކަހަލަ ބަދަލުތަކެއް ގެނެސްގެންތޯ ހައްލުވާނީ ބުނެދޭންކަމުގައެވެ.

ސްޓެލްކޯއިން މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ކެމްޕޭނަށް ވެސް އާއްމުންގެ ފަރާތުން ލިބުނު ތަރުހީބު ބޮޑުކަން ސްޓެލްކޯ އިން ފާހަގަކުރަމުން ބުނެފައިވަނީ މިއަހަރުގެ ކެމްޕޭން މިދިޔަ އަހަރުގެ ކެމްޕޭނާއި ތަފާތު ވާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *