ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފުރަތަމަ ފަހަރަށް މަޖިލީހުގެ ޖަލްސާ އަކަށް ސަލާމް ވިދާޅުވެއްޖެއެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ މިއަދުގެ ޖަލްސާ އަށް ތިން މެމްބަރަކު ސަލާމުގައި ތިއްބެވި ކަމަށާއި، އޭގެތެރެއިން އެއް މެމްބަރަކީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކަމަށެވެ.
ރައީސް ސަލާމް ފޮނުއްވަވާފައިވަނީ މޯލްޑިވްސް ކޮރަލް އިންސްޓިޓިޔުޓްގެ ފަރާތުން ތުލުސްދޫގައި މިއަދާއި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މަސައްކަތު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާތީ ކަމަށް ކަމަށް އީވާ ވަނީ ވިދާޅުވެފައެވެ.
މިއީ 19 ވަނަ މަޖިލިސް ފެށުނު ފަހުން ރައީސް ނަޝީދު، މަޖިލީހުގެ ޖަލްސާއަކަށް ސަލާމް ވިދާޅުވި ފުރަތަމަ ފަހަރެވެ.