ޓްރާންސް މޯލްޑިވިއަން އެއަރވެޒް ގެ ސީޕލޭން އެއް ޅ.ކުރެއްދޫއަށް ޖައްސަން އުޅުމުގެ ތެރޭގައި ހިގި އެކްސިޑެންޓެއްގައި ބޯޓަށް ބޮޑެތި ގެއްލުންތަކެއްވެ ، ބައެއް މީހުންނަށްކުދިކުދި އަނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މިހާދިސާ ހިނގަން މެދުވެރިވީ، އެ ވަގުތަކީ މޫސުން ވަރަށް ގޯސް ވަގުތެއް ކަމަށް ވެފައި، ބޯޓު ޖައްސަން އުޅުނު ވަގުތު ރާޅެއްގައި ޖެހުމުންނެވެ. މިހާދިސާގައި ބޯޓުގެ އެއްފާރާތުގެ ބުރަފައްޗަށާއި އިންޖީނަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ. ފޮޓޯތަކުން ފެންނަ ގޮތުން އެ ބުރަފަތި އޮތީ ފިޔަގަނޑާ ކިރިޔާ ވަކިނުވެ އެވެ.

މިއަދުގެ ހާދިސާގެ އިތުރުން، އިއްޔެ ވެސް ކުރެއްދޫއަށް ޖެއްސި ބޯޓެއްގައި އެކްސިޑެންޓެއް ހިނގާފައި ވާކަމަށް މައުލުމާތު ލިބެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *