އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 43 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޖެނީވާއަށް ވަޑައިގެންފި އެވެ.

މި ދަތުރުފުޅަކީ ތިން ދުވަހުގެ ދަތުރުފުޅެއް ކަމަށާއި، އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ މިފަހަރުގެ ބައްދަލުވުމުގައި 80 ގައުމެއްގެ މަންދޫބުންނާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާއި ބެހޭ ޖަމިއްޔާތަކުން އިންސާނީ ހައްގުތަކާއި ގުޅޭ ކަންކަމުގައި މަޝްވަރާ ކުރާނެ ކަމަށެވެ.

ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ދިވެހި ސަރުކާރުން އިންސާނީ ހައްގުތައް ރައްޔިތުންނަށް ހޯދައިދިނުމުގައި ހާސިލުކޮށްފައިވާ ކުރިއެރުންތަކުާއި، ބައިނަލްއަގްވާމީ ބައެއް މައްސަލަތަކާ ބެހޭގޮތުން މިނިސްޓަރު ޝާހިދު މި ބައްދަލުވުމުގައި ތަގުރީރު ކުރައްވާނެއެވެ. މަދަތުރުފުޅުގައި އދ. ހިއުމަން ރައިޓްސް ކޮމިޝަނަރ މިޝޭލް ބެޗެލެޓް އާއި ވެސް މިނިސްޓަރު ޝާހިދު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ހިއުމަން ރައިޓްސް ކައުންސިލް ބައްދަލުވުމުގެ ހަވާސާގައި އިތުރު ތިން ހަރަކާތެއްގައި މިނިސްޓަރ ޝާހިދު ބައިވެރިވެވަޑައިގަންނަވާނެއެވެ. އެއީ ކޮމަންވެލްތް އޮފް ނޭޝަންސްއާއި، އެލަޔަންސް ފޮ މަލްޓި ލެޓަރަލިޒަމް އަދި ކޮންޓެކްޓް ގްރޫޕް އޮން ކައުންސިލް މެމްބަރޝިޕްގެ ފަރާތުން ބާއްވާ ހަރަކާތްތަަކެކެވެ.


0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *