މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގައި ޓްރާންސް މޯލްޑިވްސް އެއާވޭސް (ޓީއެމްއޭ) އާއި ވާދަކޮށް ޕޮލިސް ކްލަބު މޮޅުވެއްޖެއެވެ.
މި މެޗުގެ ފުރަތަމަ ގޭމުން ޕޮލިސް ކުލަބުން ކާމިޔާބުކުރީ 4-1 ފްރޭމުންނެވެ. ދެވަނަ ގޭމު 4-2 ފްރޭމުން ޕޮލިސް ކުލަބުން ކާމިޔާބުކުރިއިރު، ފަހު ގޭމް ޕޮލިސް ކުލަބުން ކާމިޔާބުކުރީ 4-3 ފްރޭމުންނެވެ. މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން ކްލަބު ހައުސްގައި ރޭ ކުޅުނު ޓީމް އިވެންޓު މެޗުގައި ޓީއެމްއޭ އާއި ވާދަކޮށް ޕޮލިސް ކްލަބު މޮޅުވީ ތިން ގޭމުންނެވެ.
މި މުބާރާތުގެ ޓީމް އިވެންޓްގައި ޕޮލިސް ކުލަބު ކުޅުނު ފުރަތަމަ މެޗުގައި ވަނީ އެމްއެންޑީއެފް އަތުން ބަލިވެފައެވެ.
އިންޓަރ އޮފީސް ބިލިއާޑް މުބާރާތުގައި ޕޮލިސް ކުލަބުން ކުޅޭ ތިން ވަނަ މެޗުގައި ވާދަކުރާނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީއާއެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މިއަދު ހަވީރު 05:30 ގައެވެ.