ސިބްކޯއިން އެތެރެކުރާ "ގުޑްޑޭ" ގެ އާ ބާވަތެއް ކަމަށްވާ "ގުޑްޑޭ ޗަރޖް" ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

ޗޮކްލެޓް ރަހަ އެކުލެވިގެންވާ މި ބުއިމަކީ މިއުޓިޕްރޯ ހިމެނޭ، ކެލްސިއަމް، ޕްރޮޓީންސް އަދި ވިޓަމިން ސީ، ޑީ، ބީ1، ބީ2، ބީ6، އައޮޑިން އަދި ނިއަސިން އެކުލެވިގެންވާ ރަހަމީރު ބުއިމެކެވެ.  މި ބުއިމަކީ ކަށީގެ ބާރު ގަދަކޮށް، ލޮލުގެ ސިއްހަތާއި ހެދި ބޮޑުވުމުގައި އެހީވެދޭ، ހަކަތަ ލިއްބައިދޭ ބުއިމެއްކަމުގައި ސިބްކޯއިން ބުނެއެވެ.

ފާއިތުވި އަހަރު ތެރޭގައި މި ބްރޭންޑަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވުމުން، މިބްރޭންޑްގެ 5 ވަނަ ބާވަތް ރާއްޖެއަށް ނެރުނީ ތާރަފް ކުރަން ނިންމީކަމަށް ސިބްކޯގެ މަރކެޓިންގ އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރ، ހާނީ ނައީމް ވިދާޅުވިއެވެ. 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު އެކުންފުނިންވަނީ، އެކުންފުނީގެ 3 ވަނަ އަހަރީ ދުވަހާއި ދިމާކޮށް، މެލޭޝިއާގެ އުފެއްދުމެއް ކަމަށްވާ ގުޑްޑޭ ކިރުގެ 4 ބާވަތެއް ރާއްޖެއަށް ތައާރަފުކޮށްފައި ކަމަށެވެ.

ސިބްކޯއަކީ ގުޑްޑޭގެ އިތުރުންރާއްޖޭގައި، މަޝްހޫރު ބްރޭންޑްތައް ކަމަށްވާ އަލްމުދިޝް އިންސްޓެންޓް ހޯލް މިލްކް ޕައުޑަރ، އަލްމުދިޝް ޓޮމާޓޮ ޕޭސްޓް، ފަލަކް ބާސްމަތީ ހަނޑޫ، މޭމީ ޕޮކޯ ޕޭންޓްސް ނެޕީ، ޑިއުރަސެލް ބެޓެރީ އަދި ޓެޓްލޭ ސައިފަތުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރއެވެ

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *