ރާއްޖޭގެ މުއާސަލާތީ ހިދުމަތް ފޯރުކޮށްދޭ އެންމެ ދުވަސްވީ ކުންފުނި ކަމުގައިވާ ދިރާގުން އެކުންފުނީގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވާކަމުގައި އެކުންފުނިން ބުނެފިއެވެ.

މާރޗްމަހު ބާއްވާ ދިރާގުގެ އަހަރީ އާންމު ޖަލްސާގައި ޑިރެކްޓަރަކު އައްޔަންކުރާނީ އާންމު މެމްބަރުންގެ ވޯޓުންނެވެ. މި މަގާމަށް އައްޔަން ކުރާ މެމްބަރުގެ ދައުރު ހަމަވާނީ 2022 ވަނަ އަހަރު ބާއްވާ އަހަރީ އާއްމު ޖަލްސާގަ އެވެ.

ދިރާގުން ބުނެފައިވާގޮތުގައި މިމަގާމަށް ކުރިމަތިލާމީހުން ވާންޖެހޭނީ ރާއްޖޭގެ ކުންފުނިތަކާ ބެހޭ ގާނޫނާއި ގަވާއިދުތަކުގެ ދަށުން މަސައްކަތް ކުރާމީހުންނަށްކަމަށާއި، ކެޕިޓަލް މާކެޓް ޑެވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ގަވާއިދުތަކާއި ޝަރުތުތައް ވެސް އެމީހެއްގެ ކިބައިގައި ހުންނަންޖެހޭނެ ކަމަށާއި، ދިރާގުގެ ހިއްސާދާރަކަށް ވެފައި ކުންފުންޏެއްގެ އިސް މަގާމެއް އަދާކުރި މީހަކަށް ވެސް ވާން ޖެހޭނޭ ކަމަށެވެ.

މި މަގާމަށް ކުރިމަތިލާ ހިއްސާދާރުން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން "ދިރާގު ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް އެދޭ ފޯމް" ހުށައެޅުމަށާއި، މި މަގާމަށް އަންހެނަކު ކުރިމަތިލުމަކީ ދިރާގުން ވަރަށް ބޮޑަށް ބާރު އަޅާ ކަމެއްކަމުގައި ވަނީ ބުނެފައެވެ.


0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *