ހޯމްއިމްޕްރޫވްމަންޓްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިއަހަރުގެ އެސްޓީއޯ "ރަމަޟާން ބާޒާރު" އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު މުހައްމަދު ރަޝާދު ފައްޓަވާދެއްވައިފިއެވެ.

އެސްޓީއޯއިން މައުލޫމާތު ދީފައިވާގޮތުގައި މިއަދުން ފެށިގެން އަންނަ މެއި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ބާޒާރުގައި ކޮންމެ 1000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. އަދި "ރަމަޟާން ބާޒާރު" ނިމުމުން އެއްވަނައަށް ހޮވޭ ފަރާތަކަށް ހަތަރު މީހުންގެ އުމުރާ ޕެކޭޖު ދޭނެ ކަމަށެވެ. މީގެ އިތުރުން ދެވަނަ އަދި ތިންވަނަ އަށްހޮވޭ ފަރާތަށް ވެސް އިނާމުގެ ގޮތުގައި ދެނީ އުމްރާ ދަތުރެކެވެ. އަދި ހަފުތާއަކު އެއްފަހަރު ނަގާ ގުރުއަތުގައި 10،000 ރުފިޔާ އާއި 20،000 ރުފިޔާ އާ ދެމެދުގެ އަގުހުރި އިނާމް ދޭނެކަމުގައި އެސްޓީއޯއިން ވަނީ ބުނެފައެވެ.

މިބާޒާރުގައި ސާޅީސް ޕަސެންޓާ ހަމައަށް ޑިސްކައުންޓް ދޭނެކަމަށާއި، ހޯމް އިމްރޫވްމަންޓުން ވިއްކާ ބައެއް ބްރޭންޑްތަކުގެ މުދަލާއެކު ވަގުތުން ހަދިޔާ ވެސްދޭގޮތަށްވަނީ ހަމަޖެހިފައެވެ. އެގޮތުން 10،000 ރުފިޔާއިން މަތީގެ މަކީޓާގެ ކޮންމެ ވިޔަފާރިއަކާއެކު އިނާމެއް ލިބޭނެކަމަށާއި، މަކީޓާ ބުރުމާ ބޭނުން ކޮށްގެން ތޮރުފުމުގެ މުބާރާތެއް ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭ ކުރިޔަށްގެންދާނެ ކަމަށް މައުލޫމާތުލިބެއެވެ.

މިއަހަރު ރަމަޟާން ބާޒާރުގައި އެސްޓީއޯ އިންވަނީ އެ ކުންފުނިން ވިއްކާ ނިޕޯން ވިނިލެކްސް އަދި ނިޕޯން ވިނީލް ސިލްކް ރޭންޖްގެ ކުލަތަކުން 15 ޕަސެންޓްގެ ޑިސްކައުންޓެއް ދޭން ފަށާފަ އެވެ. މީގެ އިތުރުން އާންމުންގެ މެދުގައި މަގުބޫލު ފިލިޕްސް އެއާފްރައިޔާއެއް ގަތުމުން ވެސް ހަދިޔާއެއް ލިބޭނެކަމަށާއި މި ޕްރޮމޯޝަންގެ ދަށުން އަތޮޅުތެރޭގައި ހުންނަ އެސްޓީއޯގެ ހުރިހާ ފިހާރައަކުން ވެސް ބޮޑެތި ޑިސްކައުންޓްތަކާއެކު އިނާމުތައްލިބޭނެކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *